ads
ސިންގަޕޫރު ޓްރެއިން ސްޓޭޝަނެއްގައި މީހަކު ނޫސް ޕޭޕަރެއް ކިޔަނީ-- ފޮޓޯ: ސީއެންއެން
ސިންގަޕޫރުގައި މާސްކް ނާޅައި އުޅުނު އިނގިރޭސި މީހަކު 6 ހަފްތާއަށް ޖަލަށް
ސިންގަޕޫރުގައި މާސްކް ނާޅައި އުޅުނު އިނގިރޭސި ވިލާތުގެ މީހަކު 6 ހަފްތާއަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ސީއެންއެން އިން ރިޕޯޓްކުރާ ގޮތުގައި ބުދަ ދުވަހު ސިގަޕޫރުގެ ކޯޓަކުން ވަނީ އާންމުތަނެއްގައި ކޮވިޑުން ރައްކާތެރިވުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތަކަށް އަމަލުނުކޮށް މާސްކް ނާޅައި އުޅުނުކަމަށް ބުނެ އިނގިރޭސި މީހަކު 6 ހަފްތާއަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. 

ބެންޖަމިން ގްލިން ނަމަކަށް ކިޔާ އެ އިނގިރޭސި މީހާ މައްޗަށް ކުރި ހަތަރު ދައުވާވެސް ސާބިތުވެފައިވެއެވެ. އޭގެ ތެރޭގައި ރޭލައް އެރިއިރު މާސްކު ނާޅައި ހުރުމާއި ކޯޓަށް ހާޒިރުވިއިރު މާސްކު ނާޅައި ހުރުމާއި އާންމުތަނެއްގައި އާއްމުންނަށް އުދަނގޫވާނެހެން އަމަލު ބެހެއްޓުމާއި ސިވިލް ސާވެންޓަކަށް އިންޒާރު ދިނުން ހިމެނެއެވެ. 

ގްލިންގެ އަމަލުތައް ކޯޓުގައި ހުރި ގޮތުން ހުކުމުން ކުރުމުގެ ކުރިން މައްސަލަ ބެއްލެވި ފަނޑިޔާރުވަނީ އޭނާގެ ސައިކޭޓްރިކް އެސެސްމެންޓެއް ވެސް ހެދުމަށް އަމުރުކޮށްފައެވެ.

ބުދަ ދުވަހު ގްލިން ވަނީ ކޯޓުގައި އޭނާ މައްޗަށްކޮށްފައިވާ ދައުވާތަކަކީ ގާނޫނާއި ހިލާފް ދައުވާތަކެއް ކަމަށް ބުނެ، އެ ދައުވާތައް ބާތިލް ކުރުމަށް އެދިފައެވެ. 

ނަމަވެސް ފަނޑިޔާރު ވަނީ ގްލިންއަށް ވަނީ އޮޅުންއަރާފައި ކަމަށާއި ސިންގަޕޫރު ގާނޫނުގައި އޭނާއަށް މާސްކު ނާޅައި އުޅެވޭނެ ކަމަށް ބުނެފައި ނޯންނާނެ ކަމަށް ވިދާޅުވެފަވެ. 

ކޯޓުގައި ގްލިންގެ ދިފާއުގައި ވާހަކަދެއްކީ އޭނާ އަމިއްލައަށެވެ. 

ސިންގަޕޫރަކީ ދުނިޔޭގައިވެސް ކޮވިޑުން ދިފާއުވުމަށް އަޅާފައިވާ ފިޔަވަޅުތައް އެންމެ ހަރުކަށިކޮށް ތަންފީޒް ކުރާ އެއް ގައުމެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް