ads
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ކޮވިޑް ފިޔަވަޅުތައް ހަރުކަށި ކުރޭ: ރައީސް މައުމޫން
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލްވެފައިވާ ކަމަށް ބަލައި ގިނަ ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން ކަރަންޓީނު ވުމަކާ ނުލާ ދަތުރުކުރެވުމާ، ވެކްސިން ފުރިހަމަކުރި ފަތުރުވެރިންނާ ނުކުރާ ފަތުރުވެރިންނަށް ވެސް ޝަރުތުތަކަކާއެކު ވަނީ ބޯޑަރު ހުޅުވާލައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ހަދާފައެވެ. މީގެ އިތުރުން ސުކޫލުތަކުގެ ކިޔެވުން ވެސް ވަނީ ފަށާފައެވެ.

އެޗްޕީއޭ ޓެގްކުރައްވައި ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވަނީ ކޮވިޑްގެ ހާލަތު ގޯސްވެ، އަވައްޓެރި ސްރީ ލަންކާ ލޮކްޑައުންއަކަށް ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. ރައީސް މައުމޫން ވަނީ ހަމަ އެފަދައިން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވެސް ހަރުކަށި ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި މިހާރު ކޭސްތަކުގެ އަދަދު އުޅެނީ އެވްރެޖުކޮށް ދުވާލަކު، 100 އެއްހާ ކޭސްއެވެ. ނަމަވެސް ކަރަންޓީނުވުމާ ނުލާ ރަށްތަކަށް ދިއުމުގެ ފުރުސަތު ހުޅުވާލި ފަހުން، މޮނިޓަރިންގައިވާ ރަށްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި ކޮންމެ ދުވަހަކު ވެސް އަތޮޅުތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް އިތުރެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް