ads
ޝެއިހް މުހައްމަދު އިބްރާހީމް…
ޝޭހް އިބްރާހީމްގެ ލޮލުގެ މައްސަލަތަކެއް ދިމާވެ ފަރުވާދެނީ
ފިޤްހް އިލްމުން ތައުލީމު ހާސިލް ކޮށްފައިވާ ޝޭހް މުހައްމަދު އިބްރާހީމްގެ ލޮލުގެ މައްސަލަތަކެއް ދިމާވެ ފަރުވާ ދޭން ފަށައިފިއެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަމުން ޝޭހް އިބްރާހީމްގެ ކޮއްކޮ އެއް ބުނީ، ޝެއިޚްގެ އެއް ލޮލުގައި ކުރިން ވެސް މައްސަލައެއް ހުންނާނެ ކަމަށާއި މިއަދާ ޖެހެންދެން އެއްލޮލުގެ އެހީގައި އުޅެމުން އައި ކަމަށެވެ.

އޭނާ އިތުރަށް ބުނީ، އިއްޔެގެ ވަގުތެއްގައި ސަލާމަތުން އިންނަ ލޮލަށް ވެސް އަނދިރިވަމުން ގޮސް ލޮލުގެ ފެނުން ވަރަށް ބޮޑަށް ދަށްވެ ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

ޝޭހް އިބްރާހީމް އެންމެ ބޭފުޅުންގެ އަރިހުން އެދެނީ މި ވަގުތުގައި އޭނާ އަށް ހެޔޮދުޢާ ކޮށްދިނުމަށެވެ.

ޝޭހް އިބްރާހީމް އަކީ ސައުދީންނާއި ޕާކިސްތާނު ފަދަ ގައުމު ތަކުން އިލްމު އުނގެނިގެން ހުންނެވި ބޭފުޅެކެވެ.

މުހިއްމު ގިނަ ދަރުސްތަކާއި ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތަކުގައި ވެސް ބައިވެރިވެފައިވާ ޝޭހް އިބްރާހީމް ވަނީ މީގެ ކުރިން ސައުދީގައި ބޭއްވި ޝެއިހުންގެ މަހާސިންތާ އެއްގައި ވެސް ބައިވެރިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް