ads
82000 މީހުންވަނީ ކާބުލް އިން އެހެންގައުމުތަކަށް ފުރާފައި
ކާބުލް: އެއާޕޯޓަށް ޓެރަރިސްޓް ހަމަލާއެއްގެ ބިރު، އެއާޕޯޓާއި ކައިރި ނުވުމަށް އިންޒާރު
ކާބުލް އެއާޕޯޓަށް ޓެރަރިޒަމް ހަމަލާއެއްގެ ބިރު އެބަ އޮތްކަމަށްބުނެ ބައެއް ގައުމުތަކުން އެގައުމުތަކުގެ ރައްޔިތުން ސަމާލު ވުމަށް އަންގައިފިއެވެ.

އެމެރިކާ ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގެ ރައްޔިތުންގެ ތެރެއިން ކާބުލް އެއާޕޯޓު ސަރަހައްދުގައި ތިބި އެގައުމުގެ ރައްޔިތުން، އެސަރަހައްދު ދޫކޮށްދިއުމަށް އެގައުމުތަކުން ވަނީ އިންޒާރު ދީފައެވެ. 

މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ގައުމުތަކުން މީހުން ގެންދިއުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. 

ކަބުލްގެ އެއާޕޯޓުގެ ބޭރުގައާއި، އެއާޕޯޓު ތެރޭގައި އެތައްހާސްބަޔަކު އަދިވެސް ގައުމަށް ފުރުމުގެ އިންތިޒާރުގައި އެބަތިއްބެވެ.

ތާލިބާނުންވަނީ މިމަހުގެ 31ގެ ނިޔަލަށް، ބޭރުގެ ގައުމުތަކުގެ މީހުން އެގައުމުން ފުރުމަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް ދެކޮޅުހަދާފައެވެ. އެހެންނަމަވެސް އޭގެފަހުންވެސް ފުރޭނެ ކަމަށް ތާލިބާނުން ބުނާކަމަށް އެމެރިކާއިން ބުނެއެވެ. 

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓްރީން ބުނާގޮތުން ޓެރަރިސްޓް ހަމަލައެއް ދީފާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އެބައޮތެވެ. 

އޮސްޓްރޭލިއާއިން މިހެން ބުނެފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އެއާޕޯޓުގެ އައްބޭގޭޓާއި، އީސްޓްގޭޓާއި، ނޯތުގޭޓުގައި ތިބިމީހުން ވަގުތުން ދުރަށްދިއުމަށް އިންޒާރުދިންތާ ގަޑިއިރުތަކެއް ފަހުންނެވެ. 

އިނގިރޭސި ވިލާތުންވެސް ވަނީ އެގައުމުގެ ރައްޔިތުންނަށް ހަމަ އެފަދައިން އިންޒާރު ދީފައެވެ.

ޓެރަރިސްޓް ހަމަލައާބެހޭ އެއްވެސް އިތުރު މައުލޫމާތެއް އެއްވެސް ގައުމަކުން ދީފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް