ads
އުތުރުގެ ރަށެއްގެ ތެރޭގައި އުޅުން މީދާ….
މީދަލެއް އޮވެގެން ރުފިޔާ ނުނެގި އަންހެން ކުއްޖަކު އެނބުރި ގެއަށް!
އުތުރުގެ ރަށެއްގެ އޭޓީއެމް ތެރޭގައި މީދަލެއް އޮވެގެން ފައިސާ ނަގަން ވަންނަން ނުކެރި އެތައް އިރެއް ވަންދެން މަޑު ކުރުމަށް ފަހު ޒުވާން އަންހެން ކުއްޖަކު ފައިސާ ނުނެގި ހުރުމަށް ފަހު އެނބުރި ގެއަށް ހިނގައްޖެ އެވެ.

އޭޓީއެމް ތެރެއަށް މީދާ ވަދެފައި އޮތި އުތުރުގެ ރަށެއްގައެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް އެދި ބުނީ އެރަށު އޭޓީއެމް ތެރޭ މީދަލެއް އޮވެގެން އެތަނަށް ފައިސާ ނަގަން ވަންނަން ނުކެރިގެން އެ އަންހެން ކުއްޖާ އޭނާ އަށް ގުޅި ކަމަށާއި އޭނާ އެތަނަށް ދިޔަ އިރުވެސް މީދާ އޭޓީއެމް ތެރޭ ހެލިފެލިވެ އުޅުނު ކަމަށެވެ.

އިތުރަށް އެމީހާ ބުނީ، މިރޭ އިރު އޮއްސުމުގެ ކުރިން ވެސް އެ އަންހެން ކުއްޖާ އޭޓީ އަމް ދިޔަ ކަމަށާއި ތަންކޮޅެއް ފަހުން ވެސް ދިޔަ އިރު ވެސް މީދާ ނުދާތީ ބިރުން ވަންނަން ނުކެރި ރުފިޔާ ނުނަގައި އަނބުރާ ގެއަށް އަންނަން ޖެހުނު ކަމަށެވެ.

your imageއުތުރުގެ ރަށެއްގެ އޭޓީއެމް ތެރޭ އުޅުނު މީދާ…

އެރަށުން ވާހަކަ ދެއްކި މީހާ، ބުނީ މިހާރު އެ މީދާ އޭޓީއެމް ތެރެއިން ނެރެފި ކަމަށާއި އިތުރު މީހުން ތަކެއްވެސް އެ މީދާ އޮތް ވާހަކަ އޭނާގެ ގާތުގައި ދެއްކި ކަމަށެވެ. އަދި ގާތްގަނޑަކަށް ތިން ގަޑި އިރާ ކައިރި ވަންދެން މީދާ އޭޓީއެމް ތެރޭ އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

އޭޓީއެމް އިން ރުފިޔާ ނުނެގި ގެއަށް ދިޔަ އަންހެން ކުއްޖާއަށް އެންމެ ފަހުން ފައިސާ ނަގައި ދިނީ  އެހެން މީހެއް ކަމަށްވެއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް