ads
ޝާހްރުކް ހާން
ޝާހްރުކްގެ ބޮޑީގާޑްގެ މުސާރަ އެނގިފައި އާޝޯހުވާނެ
މަޝްހޫރު މީހުންނަކީ ގިނަ ފަހަރު އެމީހުންގެ މަޝްހޫރުކަމާހުރެ ސަލާމަތީ ކަންކަމަށް ބޮޑުހޭދައެއް ކުރަން ޖެހޭ ބައެކެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރިންވެސް އެމީހުންގެ ސެކިއުރިޓީއަށް ބޮޑު ހޭދައެއް ކުރެއެވެ.

ނަމަވެސް ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާންއަކީ އަކީ އެހެން ތަރިންނާ ހިލާފަށް ސެކިއުރިޓީއަށް އާދަޔާ ހިލާފަށް ހޭދަކުރާ ތަރިއެކެވެ. ބޮޑީގާޑުންނަކީ އެމީހުން ދާ ކޮންމެ ތަނަކަށް ކޮންމެ ވަގުތަކުވެސް އެކީ ހަށިރައްކަލަކަށް ތިބޭ ބަޔަކަށްވާއިރު އެމީހުންނަކީ ގިނަ ފަހަރު އާއިލާ ބައެއްގެ ގޮތުގައި އޮންނަނީވެފައެވެ. 

ސަލްމާން ހާން، ދީޕިކާ ޕަދުކޯން އަދި ޝާހްރުކް ހާން އަކީ އެމީހުންގެ ބޮޑީގާޑުންނާ ވަރަށް ހާއްސަ ގުޅުމެއް ބާއްވާ ތަރިންނެވެ. 

 ބޮލީވުޑްގެ އެންމެ ބޮޑު މުސާރައެއް ލިބޭ ޝާހްރުކް ހާން އަކީ އެންމެ ކުރިން ފެށިގެން މިހާތަނަށް ވެސް އޭނާ ދާ ކޮންމެ ތާކުން ބޮޑު ފޭންބޭސްއަކާ ދިމާވާ ތަރިއެކެވެ. ތަންތަނަށް ދާއިރު ޝާހްރުކްގެ ހިމާޔަތަށް އެންމެ ކުރީގައި ހުންނަ މީހަކީ އޭނާގެ ބޮޑީގާޑް ރަވީ ސިންގް އެވެ. 

your imageޝާހްރުކް އާ އޭނާގެ ބޮޑީގާޑް ރަވީ ސިންގް

ބުނެވޭ ގޮތުގައި ޝާހްރުކް، ރަވީ ސިންގް ދެކެނީ ސަޕޯޓް ސްޓާފްއަކަށް ވުރެ ބޮޑަށް އާއިލާ މެމްބަރެއްގެ ގޮތުގަައެވެ. 

ޝާހްރުކްގެ ސެކިއުރިޓީގެ ހުރިހާ ކަންކަމެއް ބަލަނީ ރަވީ ސިންގް އެވެ. އެހެން ކަމުން އޭނާއަށް ވަރަށް ރަނގަޅު މުސާރަ އެއްވެސް ލިބެއެވެ. 

ރިޕޯޓްތައް  ބުނާގޮތުގައި، ރަވީ ސިންގް އަށް އަހަރަކު ދެ ކްރޯޑް އާ 2.7 ކްރޯޑް އާއި ދެމެދުގެ އާމްދަނީއެއް ލިބެއެވެ. އެއީ ގާތްގަނޑަކަށް 272،007 ޑޮލާރާއި 281،527 ޑޮލަރާއި ދެމެދު އަދައެކެވެ. ދިވެހި ރުފިޔާއިން ނަމަ އެއީ 4.34 މިލިއަން ރުފިޔާއެވެ. 

ހަމައެކަނި ޝާހްރުކް އެއް ނޫނެވެ. ސަލްމާން ވެސް އޭނާގެ ބޮޑީގާޑް ޝޭރާއަށް މުސާރައިގެ ގޮތުގައި ދެ ކްރޯޑް ރުޕީސް ދެއެވެ. އަނުޝްކާ ޝަރްމާގެ ބޮޑީގާޑް ޕްރަކާޝްއަށް މުސާރައިގެ ގޮތުގައި 1.2 ކްރޯޑް ރުޕީސް ލިބެއެވެ. 

ފިލްމީ ދާއިރާއަށް ބަލާއިރު ޝާހްރުކްގެ ފަސް ފިލްމެއް ކުރިއަށް އެބައޮތެވެ. ޕަތަން އިން ދީޕިކާ އާއި ޝާހްރުކް އެކީގައި ފެނިގެން ދާނެއެވެ. 

21%
ކަމުގޮސްފި
76%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް