ads
ދުވާފަރު ހިއްކި ސަރަހައްދު ފޮޓޯ:-- އެމްޓީސީސީ
ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެ
ރ. ދުވާފަރުގައި ސަރުކާރުން ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރުއޫ ނިންމާލައިފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރުއޫގެ ދަށުން ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރުއޫ އެއްކޮށް މިހާރު ނިންމާލާފައިވާއިރު ކުރިއަށް ދެން އޮތީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ބޮޑުހިލަ ޖެހުމެވެ. 

މި މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނީ ދުވާފަރުގެ ޕްރޮޖެކްޓަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓު މިހާރު ސައިޓަށް ގެންދެވިފައިވާ ކަމަށާއި އެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. 

ދުވާފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން 2.22 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި މި މަޝްރުއޫގެ ދަށުން 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ރިވެޓްމެންޓް ޖެހުމާއި، 315 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

މި މަޝްރުއޫ އަކީ 143.1 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މްޝްރޫއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް