ads
ުކުނިތައް ޖަމާކޮށްފައި——ފޮޓޯ:ސީއެންއެމް
މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސް ކޮށްފި
މާދަމާއިން ފެށިގެން ގޭބިސީތަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އެދިއްޖެއެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުގެ އާންމު ހާލަތު ރަނގަޅުވަމުންދާތީ ކުނި ނެގުމުގެ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު 15 އިން ފެށިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ވެމްކޯގެ ކަސްޓަމަރުން ކުނި ނެރެންވާނީ އިއުއޮއްސި 6:00 އިން 7:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި ވެމްކޯ މުވައްޒަފުން ހަރަކާތް ތެރިވަމުން ދާނީ ރޭގަނޑު 8:00 އިން 11:00 ދެމެދުގައި ކަމަށް ބުނެއެވެ. 

ވެމްކޯއިން ބުނީ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނެގުމަށް ހަމަޖެހިފައި ނުވާ ކަމަށާއި ކުނި ނަގާނީ އިމާރާތުގެ އެތެރެއިން ގޭގެ އެންމެ ތިރީ ފަންގިފިލާއިން ކަމަށެވެ. އަދި ހިދުމަތް ލިބޭނީ ހަމައެކަނި ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

މީގެ އިތުރުން މަގުމަތީ ކުނި ބެހެއްޓުން ސިޓީ ކައުންސިލުން މަނާކުރުމާ ގުޅިގެން އެއްވެސް ގެއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފައިވާއިރު، ރައްކާތެރި ގޮތުގައި ކުނި ބަންދުކުރުމަށާއި އަންގާފައިވާ ވަގުތުގައި ވެމްކޯގެ މުވައްޒަފުންނަށް ކުނި ނެގޭނެ ގޮތައް އާންމުން އަމަލު ކުރުމަށް ވަނީ އެދިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް