ads
ރިހިވެލި ރިސޯޓްގައި ހިންގި ހަމަނުޖެހުމުގެ ތެރެއިން-
ރިހިވެލި ރިސޯޓު އަތުލަން ބަޔަކު އެރުމުން ހަމަނުޖެހުން ހިނގައިފި
ސަބްލީޒް އެގްރިމެންޓެއްގެ ދަށުން ރިހިވެލި ރިސޯޓް ހިންގަމުން އައި ފްރާންސް ކުންފުނީގެ މުވައްޒަފުން އެތަނުން ގަދަކަމުން ބޭރުކުރަން ބަޔަކު މަސައްކަތްކޮށް ރިސޯޓްގައި ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިހިވެލީގައި ހަމަނުޖެހުންތަކެއް ހިނގާކަމުގެ މައުލޫމާތު ލިބުމުން ފުލުހުން އެ ރިސޯޓްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ފުލުހުން މަސައްކަތްކުރަމުން އަންނަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ކަމަށެވެ. ފުލުހުން ބުނީ އެ ރިސޯޓްގައި ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

ސޭވް ދަ ޑްރީމްގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާ ހުށަހެޅުމުގައި ބުނެފައިވަނީ ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީއާއި މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ރިހިވެލި ރިސޯޓްގެ ސަބްލީސް 2042 އާ ހަމައަށް ކުއްޔަށް ހިފުމަށް 15 ފެބްރުއަރީ 2018 ގައި އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، ތިންވަނަ ފަރާތެއް ކަމުގައިވާ ކާސްޓަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މަހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑުން ކުރިން ކުއްޔަށްދީފައިވާ ރިހިވެލި ރިސޯޓުގެ ސަބްލީސް 2 ޖެނުއަރީ 2018 ގައި ބާތިލުކުރިކުރުމުގެ މައްސަލަ ދިވެހިރާއްޖޭގެ ކޯޓުތަކުތަކުގައި ހިނގަމުންދާތީ އެ މައްސަލަ ކޯޓުތަކުން ނިމުމުގެކުރިން މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑުން ސޭވް ދަ ޑްރީމް މައްޗަށް ނޭދެވޭ ފިޔަވަޅެއް ނާޅައި މަޑުކުރުމަށް އެއްބަސްވެފައިވާ ވާކަމަށެވެ.

ނަމަވެސް އޭގެ ފަހުން ޓުއާސް ޕްރައިވެޓް ލިމިޓުން މިއަހަރުގެ ސެޕްޓެމްބަރު 14 ވަނަ ދުވަހުގައި ރިހިވެލި ރިސޯޓުގެ ލީސް ބާތިލުކޮށްފައިވާތީ އާއި 2018 ވަނަ އަހަރު ދައުވާ ރައްދުވާފަރާތުން ރިހިވެލި ލީސް އެހެންފަރާތަށް ވިއްކާލާފައިވާތީއާއި މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު ގައިރުގާނޫނީ ގޮތުން ކުރިއަށްގެންދާތީ ސޭވް ދަ ޑްރީމްއިން ސިވިލް ކޯޓުގައި އެދިފައިވަނީ، މި ހާލަތްތަކުގައި ދައުވާ ރައްދުވާ ފަރާތުން ނެރޭ ޓާމިނޭޝަން ނޯޓިސް ސައްހަނުވާނޭކަމަށް ކޯޓުން ކަނޑައަޅައިދިނުމަށެވެ. އެ މައްސަލައިގައި ސޭވް ދަ ޑްރީމްއިން ވަނީ މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑާއި، މއ. ތަނޑިނޫމާގެ މުހައްމަދު ޝިހާމްއާއި ތަނޑިނޫމާގެ ފްލެޓް 02-01 ހުސައިން ޝިހާމް އަލީގެ މައްޗަށް ދައުވާކޮށްފަ އެވެ.

އެކަމުގައި ގޮތެއް ނިންމާ މިއަދު އިއްވި ހުކުމުގައި ކޯޓުން ވަނީ މާހަލް ޓުއާސްގެ ފަރާތުން ސޭވް ދަ ޑްރީމަށް ފޮނުވާފައިވާ ޓާމިނޭޝަން ނޯޓިސް އަކީ ސައްހަ އެއްޗެއްކަމަށް ކަނޑައަޅައި، މާހަލް ޓްއާސްގެ ހުއްދަނެތި ރިހިވެލި ބީޗު ރިސޯޓުގައި އިތުރަށް ސޭވް ދަ ޑްރީމް ކުންފުންޏަަށް ނުތިބެވޭނެ ކަމަށާއި އަދި އެތަނުން މަންފާ ހާސިލުކުރުުމުގެ ހައްގެން ލިބިގެން ނުވާ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައެވެ. 

ރިހިވެލި ރިސޯޓް ހިންގަމުން އަންނަ ސޭވް ދަ ޑްރީމްގެ ވަކީލް ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ، ހުކުމް އިއްވިތާ އެންމެ 10 ވަރަކަށް މިނިޓް ތެރޭގައި މާހަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރިސޯޓަށް ދިޔަ ބަޔަކު ގަދަކަމުން އެެރަށަށް އަރައި ރަށުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ޝަރީއަތް ކުރިއަށްދިޔައިރުވެސް އެހަމަ ނުޖެހުންތަށް ހިންގަމުން ދިޔަ ކަމަށް ވެއެެވެ. 

ނާޒިމް ވިދާޅުވީ، އެ ރަށަކީ 45 މިނެޓުގެ ތެރޭގައި ދެވޭ ރަށަކަށްވީއިރު ހުކުމް އިއްވި ތާ 10 މިނެޓުތެރޭގައި އެރަށަށް ބަޔަކު އެރުމުން އިއްވި ހުކުމާއި މެދު ސުވާލު އުފެދޭކަމަށެެވެ. އެގޮތުން އެ ހުކުމަކީ އިއްވުމުގެ ކުރިންވެސް ޕްލޭންކޮށް އެހުކުމް އެގޮތަށް ނިންމާނެކަން ބަޔަކަށް އިގިފައިވާ ހުކުމެއްތޯވެސް ވަނީ ސުވާލު އުފައްދާފައެވެ. އެމީހުން ބަޔަކު މިއަދު ރިސޯޓަށް އެރީ ރިސޯޓްގެ މައްސަލަތަކުގެ ތެރެއިން ހުށަހަޅާފައިވާ ދައުވާއެއްގައި، ރަށުގެ ސަބްލީޒް އެއްބަސްވުން ބާތިލްވެފައި ވާތީ ސޭވް ދަ ޑްރީމް އަށް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލްގެ ހުއްދަ ނެތި ރިސޯޓްގައި ނުތިބެވޭނެ ކަމަށާއި އެތަނުން މަންފާ ހޯދުމުގެ ހައްގު ނޯންނާނެ ކަމަށް ގާޒީ އަލީ ނަސީރު މިއަދު ކުރެއްވި ހުކުމަކަށް ފަހުގަ އެވެ.

އެ ރިސޯޓުން އާއްމުވެފައިވާ ބައެއް ވީޑިއޯތަކުގައިވެސް ވަނީ އެރަށަށް ބަޔަކު އަރައިގެން އުޅޭކަމަށާއި، ވިއްސަކަށް މީހުންގެ ގްރޫޕެއް ރިސޯޓަށް އަރައި، ސެކިއުރިޓީ އަށް ހުރަސް އަޅައި ފޯނު އަތުލައި އަދި ގައިގައި އަތްލައި ދަށުކޯޓުގެ ހުކުމެއް އަމިއްލައަށް ތަންފީޒުކުރަން އުޅުމުން ކަންބޮޑުވުން ފާޅުކޮށް އެކަމަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި އޭނާ ވަނީ އެތަަނަށް އެރި ބައެއް މީހުން، އޭނާގެ ގައިގާ އަތްލާ ހުރަސް އަޅާ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް އާއްމުކޮށްފައެވެ. އޭނާ ބުނީ އެކަމާއި ވަރަށް ކަންބޮޑުވާ ކަމަށާއި އެކަން އެގޮތަށް ކުރެވޭނެ ގޮތެއް ފުލުހުން ސާފުކޮށްދިނުމަށްވެސް ގޮވާލާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް