ads
ވެލިދޫ އަށް ގެންދިޔަ ޖަނަރޭޓަރު..ފޮޓޯ/ފެނަކަ
ވެލިދޫއަށް 800 ކިލޯ ވޯލްޓުގެ ޖެނެރޭޓަރެއް: ދިގު އިންތިޒާރެއްގެ ނިމުން!
ނ. ވެލިދޫ ކަރަންޓު ހިދުމަތް ރަގަޅު ކުރުމަށްޓަކައި 800 ކިލޯވޯލްޓުގެ ޖަނަރޭޓަރެއް ފެނަކަ ކޯޕަރޭޝަން އިން އެ ރަށަށް ގެންގޮސްފިއެވެ.

ފެނަކައިގެ މީޑިއާ އޮފިޝަލް އަޝްވާގު ފައުޒީ ސީއެންއެމް އަށް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ވެލިދޫ އަށް ގެންދެވުނު ޖެނެރޭޓަރުގެ ސަބަބުން އެރަށުގެ ކަރަންޓްގެ ޙާލަތު ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމަށެވެ. 

އޭގެ އިތުރުން ކެޕޭސިޓީ އިތުރުކޮށް ވެލިދޫގައި ކަރަންޓުގެ ހިދުމަތަށް އޮތް ޑިމާންޑާއި އެއްވަރަށް ކަރަންޓުގެ ހިދުމަތް ދެވިގެންދާނެ ކަމަށް އަޝްވާގް ވިދާޅުވިއެވެ.

ވެލިދޫގައި ގާތްގަނޑަކަށް 2،600 މީހުން ދިރިއުޅޭއިރު ކަރަންޓުގެ ހިދުމަތަށް ދޭތެރެ ދެތެރެއިން ބުރޫ އަރައެވެ. އެރަށުން ދޭތެރެއަކުން ކަރަންޓް ކެނޑޭތީ ރަށުގެ ގިނަ ބަޔަކު މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަލަށް ލިބުނު ޖަނަރޭޓަރަކީ އެެރަށުގެ ގިނަ ބައެއްގެ ދިގު އިންތިޒާރަށް ނިމުން ގެނުވިކަމެއްކަން ފެނަކައިން ފާހަގަކުރެއެވެ.

 ފެނަކާއިން މައުލޫމާތު ދޭގޮތުގައި މި ޖެނެރޭޓަރު ވެލިދޫ އިންޖީނުގޭގައި އިންސްޓޯލް ކުރުމާއެކު ޖެނެރޭޓަރުން ކަރަންޓުގެ ހިދުމަތް ވަރަށް އަވަހަށް ދެވެން ފެށޭނެ ކަމަށެވެ. ފެނަކައިން މިހާރު އަންނަނީ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް