ads
ދެކުނު ކޮރެއާގެ ޑިފެންސް ބުލޫ ޕްރިންޓުން ވަނީ ކުރިއަށް އޮތް ފަސް އަހަރުތެރޭ 273 ބިލިއަން އެމެރިކާ ޑޮލަރު ސަލާމަތީ ކަންކަމަށް ހަރަދުކުރަން ވަނި ގޮވާލާފަ
ދެކުނު ކޮރެއާއިން ނިއުކްލިއާ މިސައިލަކާ އެއްވަރު ބާރުގަދަ ހަތިޔާާރެއް އުފައްދައިފި
ދެކުނު ކޮރެއާއިންް ބާރުގަދަ ސާފެސް ޓު ސާފެސް މިސައިލެއް އުފައްދައި ތައްޔާރުކުރަން ފަށައިފި އެވެ.

ދެކުނު ކޮރެއާގެ އަސްކަރީ ބަޖެޓް ބޮޑުކުރަމުން އަންނަ ދަނޑިވަޅެއްގައި އެގައުމުގެ ޔޮންހަޕް ނިއުސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި ދެކުނު ކޮރެއާއިން މިހާރު ވަނީ ނިއުކްލިއާ މިސައިލަކާ އެއްވަރަށް ބާރުގަދަ މިސައިލެއް ތައްޔާރުކުރުމުގެ އެންމެ ފަހުގެ މަރުހަލާގައެވެ. މިއީ އުތުރު ކޮރެއާގެ ހަތިޔާރުތަކާއި ދެކޮޅަށް ކުރި ހޯދުމުގެ ގޮތުން އުފެއްދި ހަތިޔާރެކެވެ. 

ބުރާސްފަތި ދުވަހު ޕަބްލިޝް ކުރި ރިޕޯޓަކުން ދައްކާ ގޮތުގައި ދެކުނު ކޮރެއާއިން އުފެއްފި އާ މިސައިލުން ތިން ޓަނުގެ ވާހެޑެއް ބަރުކުރެވޭއިރު އޭގެ ފްލައިޓް ރޭންޖު އުޅެނީ 360 ކިލޯމީޓަރާއި 400 ކިލޯމީޓަރާ ދެމެދުއެވެ. 

އެ މިސައިލް ޑިޒައިންކޮށްފައި ވަނީ ބިންގަނޑު ފޫއަޅުވާލާ، ބިމު އަޑީގައި ހުންނަ މިސައިލް ފެސިލިޓީތަކާއި ޓަނެލްތައް ނައްތާލެވޭ ގޮތަށެވެ. އެ މިސައިލްގެ މައިގަނޑު ބޭނުމަކީ މިސައިލްތައް ލޯންޗުކުރުމުގެ ކުރިން މިސައިން ލޯންޗުކުރާ ސައިޓްތައް ގޮއްވާލުމެވެ. 

އެ ރިޕޯޓްގައި ބުނާގޮތުން ދެކުނު ކޮރެއާ-އުތުރު ކޮރެއާ ބޯޑަރު ކައިރިން އެ މިސައިލް ލޯންޗުކޮށްފި ނަމަ އުތުރު ކޮރެއާގެ ކޮންމެ ހިސާބަކަށްވެސްް އެ މިސައިލް ފޯރާނެ އެވެ.

އެ މިސައިލް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ދިޔައީ އެމެރިކާއިން ދެކުނު ކޮރެއާއިން މިސައިލް އުފެއްދުމަށް އަޅާފައިވާ ހުރަސްތައް ނެގި ހިސާބުންނެވެ. 

"އަހަރުމެން މިއަށްވުރެ ބާރުގަދަ، ދުރު ރޭންޖެއް އަދި މިއަށް ވުރެ ރަނގަޅަށް އަމާޒަށް ވާސިލްވާ މިސައިލްތައް ކޮރެއާ ސަރަހައްދުގެ ސަލާމަތީ ކަންކަންކަމާއި ސުލްހަ ގާއިމްކުރުމަށް އުފައްދާނަން." ދެކުނު ކޮރެއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެއެވެ. 

އެގައުމުގެ ޑިފެންސް މިނިސްޓްރީން އިން 2022 އިން ފެށިގެން 2026 ހަދާފައިވާ ބްލޫ ޕްރިންޓްގައި ވަނީ އާ މިސައިލްތައް އުފައްދާނެ ކަމަށެވެ. އާދަޔާ ހިލާފަށް ބާރުގަދަ މިސައިލްތަކުގެ އިތުރުން މިހާރު ހުރި މިސައިލް ޑިފެންސް ސިިސްޓަމްތައް އަޕްގްރޭޑްކޮށް، ލޯންގް އާޓިލަރީތައް ހުއްޓުވުމަށް އާ އިންޓަސެޕްޓާތައް ބަހައްޓާނެ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.

މިއީ ދެ ކޮރެއާ މެދުގައި ކުރިއަށް ދާ މިސައިލް ރޭހުން ކުރި ހޯދުމަށް އުފެއްދި މިސައިލެއް ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސައުތު ކޮރެއާގެ ޑިފެންސް ބުލޫ ޕްރިންޓުން ވަނީ ކުރިއަށް އޮތް ފަސް އަހަރުތެރޭ ދެކުނު ކޮރެއާއިން ދޭ އިންޒާރުތަކާއި ގުޅިގެން ސަލާމަތީ ކަންކަމަށް 273 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރުމަށް ގޮވާލާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް