ads
ކާނަލް މުހައްމަދު އިބްރާހީމަށް މަގާމުގެ ލިޔުން ހަވާލްކޮށްދެއްވުން…ފޮޓޯ/އެމްއެންޑީއެފް
ޑިފެންސް އެޑްވައިޒަރަކަށް ކާނަލް މުހައްމަދު އިބްރާހީމް
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.

ކާނަލް މުޙައްމަދު އިބްރާހީމް، އިންޑިއާގެ ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް އައްޔަންކުރެއްވީ އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. 

އެ މަގާމަށް މުހައްމަދު އިބްރާހީމް އައްޔަންކުރައްވާ މަގާގުމުގެ  ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަގާމުގައި ކުރިން ހުންނެވީ ކާނަލް އަހުމަދު ތާހިރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް