ads
ޝިދާތު(ކ)، ވިޝާލު(ވ)
މަރުވުމުގެ 2 ދުވަސް ކުރިން ސިދާތުއާއި ވާހަކަ ދެއްކުނު: ވިޝާލު
މިމަހުގެ ދެ ވަނަ ދުވަހު ކުއްލި ގޮތަކަށް ސިދާތު މަރުވުމާއެކު ގިނަ ބަޔަކަށް ލިބުނީ ކުއްލި ޝޮކެކެވެ. ވަކިން ހާއްސަކޮށް ސިދާތުގެ ގާތް މީހުންނަށް މިއީ ހީވެސް ކުރި ފަދަ ކަމެއް ނޫނެވެ.

އެގޮތުން އެންމެ ބޮޑަށް އަސަރުކުރި މީހުންގެ ތެރޭގައި އޭނާއާއިއެކު ބިގްބޮސް ޝޯގައި އުޅުނު ތަރިން ހިމެނެއެވެ.

އެގޮތުން ބިގްބޮސްއިން ސިދާތުއާއި އެކު ހޫނު ޒުވާބުތަކެއް ދިޔަ ވިޝާލްވެސް ހުރީ ޝޮކެއްގައެވެ. ޝޯއަށްފަހު އެއްގޮތަކަށްވެސް ވާހަކަ ނުދައްކާ ހުރުމަށްފަހު މަރުވުމުގެ ދެދުވަސް ކުރިން އޭނާއާއި ވާހަކަދައްކާ ހިތްހަމަ ނުޖެހުންތަށް ދުރުކޮށް ފޯނު ބޭއްވި ޝިދާތު އޭގެ ދެދުވަސް ފަހުން މަރުވި ހަބަރު ލިބުންވީ ވިޝާލަށް ލިބުނު ވަރަަށް ބޮޑު ޝޮކަކަށެވެ. 

އެވާހަކަތަށް ހިއްސާކުރަމުން ވިޝާލު ބުނީ ބިގް ބޮސް 13 ގައި ވިޝާލްއާއި ސިދާތުއާއި ދެމީހުން ޒުވާބުކޮށް އުފެދުނު ހިތްހަމަ ނުޖެހުމުގެ ތެރެއިން ޝޯ ނިންމާލުމަށްފަހުވެސް ދެމީހުން އެކަކު އަނެކަކާއި ވާހަކަ ނުދައްކާ ހުރުމަށްފަހު ފުރަތަމަ ވާހަކަ ދައްކަން ގުޅީ ޝިދާތު ކަމަށެވެ. 

އެއީ މަރުވުމުގެ ދެދުވަސް ކުރި ކަމަށް އޭނާ ބުންޏެވެ. ކޮންމެވެސް ގޮތަކުން ވިޝާލުގެ ނަންބަރު އަމިއްލައަށް ހޯދައިގެން ޝިދާތު އޭނާއަށް އެދުވަހު ގުޅީ “ހަތުރޯންކާ ކިލާޑީ”ގައި ވިޝާލް ދެއްކި ޕާފޯމަންސްއަށް ތައުރީފު ކުރުމަށް ކަމަށް ވިޝާލު ބުންޏެވެ. 

ދެމީހުންގެ މެދުގައި ވަރަށް ގިނައިރު ވާހަކަދެއްކުނު ކަމަށާއި، ވިޝާލަށް ތައުރީފް ކުރުމުގެ އިތިރުން ވަރަށް ބޮޑަށް ކުރިއަށް ދިއުމަށް ހިތްވަރުވެސް ދިން ކަމަށް ވިޝާލު ބުންޏެވެ. 

އެދުވަހު ފޯން ބޭއްވީ ދެމީހުން ދިމާކުރަން ނިންމައިގެން ކަމަށާއި، އޭގެ ފަހުން އަނެއް ދުވަހު ދެމީހުން ދިމާވި ކަމަށްވެސް އޭނާ ބުންޏެވެ. 

ވިޝާލު ބުނީ އެއީ ދިމާވާނެ އެންމެ ފަހު ފަހަރުކަމަށް ދުވަހަކުވެސް ހިތަށް ނާރާ ކަމަށާއި، އަނެއް ދުވަހު ލިބުނީ ހާޓް އެޓޭކެއް ޖެހުމަށްފަހު ސިދާތު މަރުވި ހަބަރުކަމަށް އޭނާ ބުންޏެވެ.

ވިޝާލު ބުނީ އެއީ ތެދެއްކަން އަދިވެސް ގަބޫލުކުރަން ވަރަށް ދަތިކަމަށާއި، ސިދާތު ފަދަ މީހުން ދުނިޔޭގައި ވަރަށް މަދު ކަމަށެވެ. 

22%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް