ads
މަލިންގާ
މަލިންގާ ކުރިކެޓް ކުޅުން ހުއްޓާލައިފި
ސްރީލަންކާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ލަސިތް މަލިންގާ ކުރިކެޓް ކުޅުން ހުއްޓާލައިފިއެވެ. އޭނާ އެކަން އިއުލާންކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.

އުމުރުން އެންމެ ތިރީސް އަށް އަހަރުގައި ކުރިކެޓް ކުޅުން ހުއްޓާލިކަން މަލިންގާ އިއުލާންކުރިއިރު އޭނާއަކީ މި ފަހުގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ބައުލަރެވެ. މަލިންގާވަނީ ސްރީ ލަންކާގެ ކްރިކެޓް ޓީމުގެ ކެޕްޓަނުގެ ގޮތުގައި ދެހާސް ސާދަވަނަ އަހަރު ޓީޓުވެންޓީ ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. 

ސަތާރަ އަހަރުގެ ކާމިޔާބު ކެރިއަރަކަށް ފަހު ކުރިކެޓް ކުޅުނު ހުއްޓާލިނަމަވެސް ޒުވާން ޓީމުތަކަށް އެހީތެރިވުމުގައި ދެމި ހުންނާނެ ކަމަށް މަލިންގާ ބުންޏެވެ.

ކުޅުން ހުއްޓާލިއިރު އޭނާއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ލީގު- އިންޑިއިން ސުޕަރ ލީގުގެ އިތުރުން ބައިނަލް އަގްވާމީ ޓީޓުވެންޓީގައިވެސް އެންމެ ގިނަ ވިކެޓް ނަގާފައިވާ ކުޅުންތެރިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް