ads
ބަނޑު ހިކޭނަމަ ގިނައިން ފެންބޮއި ކަސްރަތު ކުރުން މުހިއްމު…
ބަނޑު ހިކޭ ނަމަ މި އެއްޗެހި ކާލާ!
ބަނޑު ހިކުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ ވަރަށް ވޭން ހުރި ކަމެކެވެ. ބަނޑު ހިކުމުގެ ސަބަބުން ބޮޑު ކަމުދާން އުނދަގޫވެ އެތައް އުންދަގުލެއް ކުރިމަތިވެއެވެ.

މާބަނޑު ދުވަސްވަރު ވެސް ވަރަށް ގިނަ މީހުންނަށް މި ކަންތައް ކުރިމަތިވެއެވެ. ބަނޑު ހިކޭނަމަ ކޮންމެ ދުވަހަކުވެސް ކެވިދާނެ އެއްޗެހި އެބަ ހުއްޓެވެ.

ފަޅޯ

your imageފަޅޯ..

ފަޅޮލަކީ ބަނޑު ހިކުމުން ކާން ވަރަށް ރަނގަޅު މޭވާ އެކެވެ. ފަޅޮލުގައި ގިނަ އަދަދަކަށް ވިޓަމިން އޭ، ވިޓަމިން ސީ އަދި ވިޓަމިން އީ ހިމެނެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ފަޅޯ ބޭނުންކޮށްލުމުން މި އުނދަގުލުން ސަލާމަތްވުން ގާތެވެ.

ކައްޓަލަ/ރަންގު

your imageރަންގު…

ކައްޓަލަ ރަންގު އަކީ ވެސް ބަނޑު ހަރުވާ ނަމަ ކެއުމަށް ރަނގަޅު އެއްޗެކެވެ. އޭގައި ގިނަ އަދަދަކަށް ފައިބަ ގެ މާއްދާ އެކުލެވެއެވެ.

ފޭރު

your imageފޭރު..

ބަނޑު ހިކޭ ނަމަ ފޭރު ޖޫސް ވެސް ބޮވިދާނެއެވެ. ނޫނީ ތަންކޮޅެެއް ހަރު ފޭރު ކެއަސް އެންމެ ރަނގަޅުވާނެއެވެ. ފޭރުގައި ވެސް ފައިބަ ގެ މާއްދާ އެކުލެވެއެވެ.

ބްރޮކޮލީ

your imageބްރޮކޮލީ…

ބްރޮކޮލީ އަކީ ވެސް ބަނޑު ހިކޭ ނަމަ ކާން ރަނގަޅު ތަރުކާރީ އެކެވެ. ފެނު ކައްކައިގެން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ބްރޮކޮލީ ކެއުމުން ބޮޑުކަމުދާން ވެސް ފަސޭހަ ވާނެއެވެ.

ޕެއާޒް

your imageޕެއާޒް..

ޕެއާޒަކީ މޭވާ ތަކުގެ ތެރެއިން އަނގަޔަށް ވެސް މީރު މޭވާ އެކެވެ. ބަނޑު ހިކޭ ނަމަ ޕެއާޒް ކެއުން ރަނގަޅެވެ. ފާހާނަ ކުރުމަށް ވެސް ފަސޭހަވާ އެ މޭވާ އަކީ ފައިބަ މާއްދާ އެކުލެވޭ އެއްޗެކެވެ.

ބަނޑު ހިކޭ ނަމަ މި އެއްޗެހި ބޭނުން ކުރެވިދާނެއެވެ. އޭގެ އިތުރުން ރަނގަޅަށް ގިނައިން ފެން ބޮއި، ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ކޮފީ ބުއިމުގެ އިތުރުން ގަވާއިދުން ކަސްރަތު ވެސް ކުރުން ވަރަށް މުހިއްމެވެ.  

70%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް