ads
ކުޑަހުވަދޫ މަގު ހަދަން ހަވާލްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން…
122,8މިލިއަން ރުފިޔާއަށް ކުޑަހުވަދޫ މަގު ހަދަން ހަވާލުކޮށްފި
122,8މިލިއަން ރުފިޔާއަށް ދ. ކުޑަހުވަދޫ މަގު ހަދައި ތާރުއަޅަން ހަވާލްކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ އިން އެ ރަށު މަގު ހަދަން ހަވާލް ކުރީ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަންއާއެވެ.

އެ މަޝްރޫއު އާރްޑީސީ އާ ހަވާލްކޮށް މިނިސްޓްރީގެ ފަރާތުން މިއަދު އެއްބަސް ވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރްޑީސީގެ ފަރާތުން އެއްބަސް ވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް ހަސަން ސައީދެވެ.

ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މަގުތަކުގައި ބައްތި ހަރުކުރުމާއި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން 5.85 ކިލޯމީޓަރުގެ މަގުގައި ތާރުއެޅިގެންދާނެއެވެ.

އެ މަޝްރޫއު އަކީ 450 ދުވަހުގެ މުއްދަތުގެ ތެރޭގައި އެއްކޮށް ނިންމުމަށް އާރްޑީސީއާ ހަވާލްކުރެވުނު މަޝްރޫއެކެވެ

57%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް