ads
ކުރީގެ ލަވަކިއުންތެރިޔާ ޝަހުބާން
ކުރީގެ ލަވަކިޔުންތެރިޔާ، ތަބައްގޭ މުހައްމަދު ޝަހުބާން ކުއްލިގޮތަކަށް މަރުވެއްޖެ
ކުރީގެ ލަވަކިޔުންތެރިޔާ، ތަބައްގޭ މުހައްމަދު ޝަހުބާން ކުއްލިގޮތަކަށް މަރުވެއްޖެއެވެ.

ޝަހުބާންގެ ކޮއްކޮ އަހުމަދު ޝިޒުވާން ބުނީ، ޝަހުބާން މަރުވީ މަޣްރިބު ނަމާދަށް ދިއުމަށްޓަކައި ވުޟޫކުރަން ފާހާނާއަށް ވަދެ އުޅެނިކޮށް ކަމަށެވެ.

5:45 ހާއިރު ގާތްގަނޑަކަށް ފާހާނާއަށް ވަތްކަމަށާއި، ދެން ނަސީބު ދިމާކުރި ގޮތުން، މިއޮތް ހުރިހާ ދުވަހު ބޭބެ އެކަނި ހުރެފަ، އިއްޔެ އެ ގޭގަ ހުންނަން (ރަށްޓެހި) މީހަކު އައިކަމަށެވެ. އޭނަ ފާހާނާއަށް ވަންނަން ވެގެން، (ޝަހުބާން ފާހާނައިގައި) ގިނައިރު ވެގެން އޭނަ ދިޔައީ ބޭރުގަ ހުރި މިސްކިތުގެ ފާހާނާއަކަށްކަމަށްވެސް ޝިޒުވާން ބުންޏެވެ.

ޝިޒުވާން ބުނީ ގޭގައި ހުރި ރަހުމަތްތެރިޔާއަށް ޝަހުބާންގެ ހަބަރެއް ނުވެ ގިނައިރު ވެގެން ފޯނުކުރި ކަމަށެވެ. ފާހާނާ ތެރެއިން ފޯނު ރިންގުވާ އަޑު އިވުނު ނަމަވެސް ޖަވާބެއް ނުދޭތީ، ދެން އޭނާ ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ގުޅީ ކަމަށެވެ.

އޭގެފަހުން އެމީހުން އައިސް ދޮރު ހަލާކު ކޮށްލައިގެން ވަދެން ޝަހުބާން ހޮސްޕިޓަލަށް ގެންދިއުމުން، މަރުވެފައިވާތާ ދެގަޑިއިރު ވެފައިވާ ކަމަށް ހޮސްޕިޓަލިން ބުނެފައިވާކަމަށެވެ.

އޭނާ ބުނީ ޝަހުބާން މަރުވުމުގެ ކުރިން، އޭނާއަށް ވަރަށް ބޮޑަށް ރޯގާ ޖެހިފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ. އުމުރުން 53 އަހަރުގައި ޝަހުބާން މަރުވި އިރު، ދެ ފިރިހެން ދަރިން އެބަތިއްބެވެ. ޝަހުބާންގެ ކަށުނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށް ފަހުގައެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް