ads
ވެލާާނާ އިންޓަރނޭޝަނަލް އެއާޕޯޓް- ފޮޓޯ: ޕީއެސްއެމް
އެމްއޭސީއެލް މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަނީ
މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީގެ ލިމިޓެޑްގެ މުވައްޒަފުންގެ މުސާރަ އޮކްޓޫބަރު އެކަކުން ފެށިގެން ބޮޑު ކުރުމަށް އެކުންފުނިން ނިންމައިފިއެވެ.

އެ ކުންފުނިން ވަނީ މުވައްޒަފުންގެ މުސާރަ 5 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ އަދަދަކަށް ބޮޑު ކުރުމަށް ނިންމާފައެވެ. 

މިއަދު އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެ ކުޑަ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައަށް 20 އިންސައްތައިގެ ކުރިއެރުމެއް ލިބޭ ގޮތަށް މުސާރަ ބޮޑު ކުރަން ނިންމާފައިވާކަމަށެވެ. އަދި އެންމެ ބޮޑު މުސާރަ ލިބޭ މުވައްޒަފުންނަށް ވެސް 5 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އެއާޕޯޓްސް ކުންފުނިން ބުނީ އެކުންފުނީގައި މަސައްކަތް ކުރާ ރާއްޖޭން ބޭރުގެ އިސް މުވައްޒަފުންނަށް މިފަހަރު މުސާރަ ބޮޑު ނުވާނެ ކަމަށެވެ.

އެކުންފުނިން ބުނީ ކޮވިޑް 19ގެ ތެރޭގައި މުވައްޒަފުން ގައުމަށް ހިދްމަތްކުރެއްވީ އިހްލާސްތެރިކަމާއެކު ވަރުބަލިވުމެއް ނެތި ކަމަށެވެ. އެހެންކަމުން މުސާރައަށް މިގެނެވުނު ބަދަލަކީ އެކަންކަން ފާހަގަ ކޮށް ގެނެވުނު ބަދަލު ތަކެއް ކަމަށެވެ. 

އެއާޕޯޓްސް ކޮމްޕެނީއަކީ ރާއްޖޭގެ އެންމެ ގިނަ މުވައްޒަފުން އުޅޭ މުއައްސަސާ ކަމަށްވުމާއެކު މާކެޓާ އެއްވަރެއްގައި މުސާރަތައް ހިފެހެއްޓުމަށް އެކުންފުނިން އިސްކަން ދެއެވެ. މިބަދަލަކީވެސް އެގޮތުން ގެނެވުނު ބަދަލެއްކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން މުވައްޒަފުންނަށް އެކުންފުނިން ހެލްތު އިންޝޫރަންސް، ފްރީ ޓްރާންސްޕޯޓް، ފްރީ ޕާކިން، ސްޓާފް ލޯން ސްކީމް، ސްޓާފް ޗިލްޑްރެން ލޯން ސްކީމް ގެއިތުރުން ސްޓާފް ޑިވެލޮޕްމެންޓް ސްކީމްގެ ހިދްމަތްވެސް ފޯރު ކޮށްދެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް