ads
ރޭޕްގެ މައްސަލައިގައި މިހާތަނަށް 29 މީހަކު ހައްޔަރުކޮށްފައިވޭ-
15 އަހަރުގެ ކުއްޖެއް ރޭޕްކުރި މައްސަލައިގައި އިންޑިއާގައި 29 ފިރިހެނުން ހައްޔަރުކޮށްފި
އިންޑިއާގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި 29 ފިރިހެނުން ހައްޔަރުކޮށްފި އެވެ.

ބުރާސްފަތި ދުވަހު އިންޑިއާގެ ފުލުހުން ވަނީ 15 އަހަރުގެ ކުޑަކުއްޖަކު، އަށް މަހަށް ވުރެ ގިނަ ދުވަސް ވަންދެން ގޭންގް ރޭޕްކުރި ކަމުގެ ތުހުމަތުގައި 29 ފިރިހެނުން ހައްޔަރުކޮށްފައެވެ. 

އެ މައްސަލަގައި އަނިޔާ ލިބުނު އަންހެން ކުއްޖާ ފުރަތަމަ ރޭޕްކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ. އިންޑިއާގެ ޑޮމްބްވިލް ސިޓީގައި އެ ކުއްޖާ ރޭޕްކޮށް ވިޑީއޯ ކުރުމަށް ފަހު އެމީހުން ވަނީ އެ ކުއްޖާ ބްލެކްމެއިލްކޮށްފައެވެ. 

އޭގެ ފަހުން އެ ވީޑިއޯ ބޭނުންކޮށްގެން އަށް މަސް ވަންދެން 33 މީހަކު އެ ކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ވެެއެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ދެ ކުޑަކުދިންވެސް ހިމެނެއެވެ. އެ ކުއްޖާއަށް ހުއްޓުމެއް ނެތި ނިމިދިޔަ ހަފްތާ ހަމައަށް ގޯނާކޮށްފައިވެއެވެ. 

އެ ކުއްޖާގެ އާއިލާއަށް އެކަންތައް އެނގުނު ހިސާބުން އާއިލާއިން ވަނީ ފުލުހަށް މައްސަަލަ ހުށަހަޅާފައެވެ. މިހާތަނަށް 29 މީހަކު "ޕްރޮޓެކްޝަން އޮފް ޗިލްޑްރެންސް ފްރޮމް ސެކްޝުއަލް އޮފެންސެސް" ގާނޫނުގެ ދަށުން ހައްޔަރުކޮށްފައިވެއެވެ. 

އެގައުމުގެ ފުލުހުން ބުނާ ގޮތުގައި އެ ކުއްޖާ އެކި ސަރަހައްދުތަކަށް ގެންގޮސް ރޭޕްކޮށްފައިވެއެވެ. 

މީގެ ދެ ހަފްތާ ކުރިން ވެސް އިންޑިއާގެ މަމްބާއީގެ މިނީ ބަހެއްގެ ތެރޭގައި ރޭޕްކޮށް އަނިޔާކޮށްފައިވާ މީހަކު އެ އަނިޔާތަކުގައި މަރުވެފައިވެއެވެ.  

އަދި މިދިޔަ މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ނުވަ އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލައިފައިވެއެވެ. އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިންދޫ ދީނުގެ ފާދިރީއެއް ވެސް ހިމެނެއެވެ. 

2012 ވަނަ އަހަރުގައި ބަހެއްގެ ތެރޭގައި ދަރިވަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި އިންޑިއާގައި ވަރުގަދަ މުޒާހަރާތައް ކުރެވުނެވެ. މުޒާހަރާތަކާއި ގުޅިގެން ރޭޕްގެ ކުށަށް ހަރުކަށި އަދަބުތައް ދެވޭ ގޮތައް ގާނޫނު އިސްލާހް ކުރެވުނެވެ. އެ މައްސަލައިގައި ހިމެނޭ ބައެއް މީހުންނަށް ވަނީ މަރުގެ ހުކުމްކޮށް ތަންފީޒްވެސް ކޮށްފައެވެ. 

ނަމަވެސް ގިނަ މައްސަލަތައް ނުބެލޭތީ އެގައުމުގައި ރޭޕްގެ މައްސަލަތައް އަންނަނީ އަދިވެސް ކޮންޓްރޯލް ނުވެ އިތުރު ވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް