ads
އަޑުބަރޭ އަދި ގައުމީ ކޯޗު ސުޒޭން
އަޑުބަރޭގެ ކަންތަކާ ސަޕޯޓަރުން މާބޮޑަކަށް ނުވިސްނާނެ
އެއް އަހަރު ދުވަހަށް ޖަލަށް ލާން ޕީޖިން އެދިފައިވާ ގައުމީ ޓީމުގެ ކުޅުންތެރިޔާ އަސްހަދު އަލީ- އަޑުބަރޭގެ އެކަންތަކާ މެދު ސަޕޯޓަރުން މާބޮޑަށް ނުވިސްނާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ގައުމީ ޓީމުގައި ހިމެނޭ، ކުޅިވަރު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޑުބަރޭ، އެއް އަހަރު ދުވަހަށް ޖަލަށްލާން ޕީޖީން ދެވަނަ ފަހަރަށް އެދިފައިވާކަން އާއްމުވީ، ބުރާސްފަތި ދުވަހު ހައިކޯޓުގައި އޮތް ޝަރީއަތެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އޭގެ ކުރިންވެސް އަޑުބަރޭއަށް ފިޔަވަޅު އަޅައިދިނުމަށް ޕީޖީންވަނީ ކްރިމިނަލް ކޯޓުގައި އެދިފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވަނިކޮށް ރާއްޖެދޫކޮށް ފިލައިގެން އުޅޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޖާމިނުވި އަޑުބަރޭއަށް ފިޔަވަޅު އަޅައިދޭން ދައުލަތުން އެދިފައިވަނިކޮށް ގައުމީ ޓީމުގައި އަޑޭ ހިމެނިފައިވުމުން ގައުމީ ޓީމަށް ރައްޔިތުންގެ މެދުގައި އޮތް ލޯތްބާއި ސަޕޯޓަށް އެކަމުން އަސަރެއްކޮށްފާނެތޯ، ގައުމީ ޓީމުގެ ހެޑްކޯޗު ސުޒޭނާ ސުވާލު ކުރުމުން ބުނީ، އެކަމާ މެދު ރައްޔިތުން މާބޮޑަށް ނުވިސްނާނެ ކަމަށެވެ. އަދި ސުޒޭން ބުނި ގޮތުގައި އަޑޭއަކީ ގައުމީ ޓީމަށް މުހިއްމު ކުޅުންތެރިއެކެވެ.

ސިޔާސީ ވިސްނުމެއްގައި ނުވިސްނަން. ސަޕޯޓަރުން މާބޮޑަށް އެކަމާ ވިސްނާނެ ކަމަށް ލަފާނުކުރެވޭ. ސަޕޯޓަރުންގެ މައްސަލައެއް އޮތްނަމަ އެކަމާ އެފްއޭއެމުން ނިންމުމެއް ނިންމާނެ. އަޑޭ އެއްވެސް އިރެއްގައި އަލީ ވަހީދު ކުރާ އެކަހަލަ ކަމެއްގައި ތާއީދުކޮށްފައި ވާހަކައެއް ނުދައްކާނެކަން ޔަގީން. އެ ދެ މީހުންނަކީ ދެ ރައްޓެހިން. އަޑޭއަކީ ގައުމީ ޓީމަށް މުހިއްމު ކުޅުންތެރިއެއް.

ސާފް ޗެމްޕިއަންޝިޕް ފެށެން ސައުވީސް ގަޑިއިރަށްވުރެ ކުޑަތަންވެފައިވަނިކޮށް، ދިވެހި ޓީމުގައި ހިމެނޭ އަސްހަދު އަލީ- އަޑުބަރޭ އެއް އަހަރު ދުވަހަށް ޖަލަށްލާން ޕްރޮސިކިއުޓާ ޖެނެރަލް އެދުނުކަން ހާމަވީ، ހައިކޯޓުގައި ބުރާސްފަތި ދުވަހު އޮތް ޝަރީއަތެއްގައި ޕީޖީ އޮފީހުން ދެއްކި ވާހަކަތަކުންނެވެ. ބުރާސްފަތި ދުވަހު ހައިކޯޓުގައި އޮތީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނުދިނުމުން އެ މައްސަލައިގެ އިސްތިއުނާ އަޑު އެހުމެވެ. މި އަޑު އެހުމުން އެނގުނު ގޮތުގައި ޕްރޮސިކިއުޓަ ޖެނެރަލްގެ ފަރާތުންވަނީ އަޑުބަރޭ ޖަލަށްލުމަށް ކްރިމިނަލް ކޯޓުގައި  އަޑުބަރޭއަށް ފިޔަވަޅު އަޅައިދޭން ޕީޖީން ކްރިމިނަލް ކޯޓުގައި ދެވަނަ ފަހަރަށް އެދުމުންވެސް އެ ފިޔަވަޅު އަޅައިދީފައެއް ނުވެއެވެ.

ޕީޖީން ޖަލަށްލާން އެދުނު އަޑުބަރޭ މި ވަގުތު ހުރީ ގައުމީ ފުޓްބޯޅަ ޓީމާއެކު ހޮޓެލް ޖެންގައި ކޭމްޕުކޮށްގެނެވެ. ގައުމީ ޓީމާ، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ބުރާސްފަތި ދުވަހު ހޮޓެލް ޖެންގައި ބައްދަލުކުރެއްވި ބައްދަލު ކުރެއްވުމުގައިވެސް އަޑުބަރޭވެސް ބައިވެރިވިއެވެ. ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މި މެޗުގައި އަޑުބަރޭ ކުޅޭނެ ކަމަށް ބެލެވެއެވެ.

 

0%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
89%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް