ads
އެމީހާއަށް ކުރި ބިލުގެ ފޮޓޯއެއް
ސާޖަރީ ކުރަނިކޮށް ރުއިމުން އިތުރު 11 ޑޮލަރު ބިލަށް ދައްކަން ޖެހިއްޖެ
އެމެރިކާގައި އަންހެނަކު ސާޖަރީއެއްގެ ތެރެއިން ރުއިމުން އިތުރު 11 ޑޮލަރު ބިލަށް ޗާޖުކޮށްފި އެވެ.

އެ އަންހެން މީހާއަށް އިތުރު 11 ޑޮލަރު ޗާޖުކޮށްފައިވަނީ ސާޖަރީގެ ތެރެއިން އޭނާގެ އިހުސާސްތައް ކުޑަ ހިނދުކޮޅަކަށް ބޭރުކޮށްލި ކަމަށް ބުނެއެވެ. 

"ބްރީފް އިމޯޝަން" ގައި އިތުރަށް ޗާޖު ކޮށްފައިވާ ބިލުގެ ފޮޓޯއެއް އެމީހާ ވަނީ ޓްވިޓާގައި ހިއްސާކޮށްފައެވެ. 

އޭޭނާ ވަނީ މަޒާޖީ ގޮތަކަށް ފޮޓޯއާއެކު "މޯލް ނެގުން: 223 ޑޮލަރު ރުއިން: އިތުރަށް." ލިޔެފައެވެ. 

ބައެއް މީހުންނަށް އެކަން މަޖާ ވިޔަސް އަނެއް މީހުން ބުނަނީ ބަލި ހާލަތުގައިވެސް ބައެއް މީހުންނަށް ކުރިމަތިކޮށްލާ ދަތިތަކީ މިއީ ކަމަށެވެ. 

ބައެއް މީހުން އެމީހުންނަށް ދިމާވި ކަންކަމުގެ ވާހަކަތައް ހިއްސާ ކުރި އިރު، އެއްވެސް ގޮތެއް ނެތް މީހުންނާމެދު ބައެއް ހޮސްޕިޓަލްތަކުން ކަންކުރާ އިހާނެތި ކަންތައް ގިނަ ބަޔަކު ފާހަގަކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް