ads
ކްރިޕްޓޯކަރަންސީ: މިފަހުން އެތީރިއަމް އާއި ޑޮޖްކޮއިން ފަދަ އާ ވައްތަރުތަކުގެ ކްރިޕްޓޯކަރަންސީ ވަނީ ޓެކްނޮލޮޖީގެ ދުނިޔޭގައި މަގުބޫލުކަން ހޯދާފައި----
ރާއްޖެ އަށް ކްރިޕްޓޯކަރަންސީ ތައާރަފު ކޮށްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް "ކްރިޕްޓޯ ކަރަންސީ" ބޭނުންކުރަން މިއަދު ފަށައިފި އެވެ.

"ކްރިޕްޓޯ ކަރަންސީ" އަކީ މަރުކަޒީ ވަކި އެއް ތަނަކުން ކޮންޓްރޯލް ނުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ނެޓްވޯކެއްގެ ޒަރީއާ އިން ޑިޖިޓަލްކޮށް ބޭނުން ކުރާ ފައިސާގެ ވައްތަރުތަކެކެވެ. އެގޮތުން އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރަނީ "ބިޓްކޮއިން"އެވެ. 

ރާއްޖޭގައި މިއަދު އެ ކަރަންސީ ބޭނުންކުރަން ފަށާފައިވަނީ ރާއްޖޭގައި ހިންގާ ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި ސައި ލެގޫން މޯލްޑިވްސް އިން ނެވެ. ކްރޮސްރޯޑްސް ހިންގާ ތައިލެންޑުގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސް އިން ވަނީ، ކްރިޕްޓޯކަރަންސީ ވިޔަފާރީގައި ދުނިޔޭގެ މަޝްހޫރު އެފްޓީއެކްސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން، މި ދެ ރިސޯޓަށް ހަދާ ބުކިންސްތަކަށް މިއަދުން ފެށިގެން ކްރިޕްޓޯކަރަންސީން ފައިސާ ބަލައިގަންނަން ވަނީ ފަށާފައެވެ. އެގޮތުން 'ޔޫއެސްޑީ ކޮއިން' އަދި 'ޓެތަ ކޮއިން' އިން ބުކިންތަކަށް ފައިސާ ދެއްކޭނެއެވެ. 

އެކަމާއި ގުޅިގެން އެސް ހޮޓެލްސް އިން ނެރުނު ބަޔާނުގައި ބުނީ، ދުނިޔޭގައި ހޮޓާ ހިންގާ ކުންފުނިތަކުގެ ތެރެއިން ކްރިޕްޓޯކަރަންސީ ބަލައިގަންނަ މަދު ކުންފުނިތަކުގެ ތެރޭގައި އެ ހޮޓާ ޗެއިން ހިމެނުމުގެ ސަބަބުން ކުރިން ބުކިން މުލިބޭ މާކެޓުތަކުން ބުކިން ލިބުމުގެ ފުރުސަތު ބޮޑުވުމާއި، މެދުވެރިއެއްގެ ބޭނުން ކުރަން ނުޖެހި ރިސޯޓުތަކަށް ސީދާ ބުކިން ލިބޭ މިންވަރު އިތުރުވުމުގެ އިތުރުން އޮންލައިންކޮށް ހިދުމަތްތައް ބޭނުންކުރާ ޒުވާނުންނަށް އިތުރު ފަސޭހައަކަށް ވުން ހިމެނެއެެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް