ads
ގެއްލުނު ކައްޕީގެ އިތުރުން އެހެން ދިވެއްސެއް ވެސް ބޯޓުގައި ހުރި: ފުލުހުން
ކ. ކަގި ކައިރި ފަރަށް އަރާފައިވާ "ޓީޓީއެސް ފާން" ކިޔާ ދޯނީގެ ކައްޕި، ހދ. ކުޅުދުއްފުށީ ހަވީރީނާޒް، އުމުރުން 37 އަހަރުގެ މުހައްމަދު ޔޫސުފް ޖެނުއަރީ 2 ވަނަ ދުވަހު ގެއްލުނުއިރު އޭގައި ދެ ބިދޭސީންގެ އިތުރުން އިތުރު ދިވެއްސަކު ހުރިކަމަށް ފުލުހުން ވެސް ބުނެފި އެވެ.
ކ. ކަގި ކައިރި ފަރަށް އަރާފައިވާ "ޓީޓީއެސް ފާން" ކިޔާ ދޯނީގެ ކައްޕި، ހދ. ކުޅުދުއްފުށީ ހަވީރީނާޒް، އުމުރުން 37 އަހަރުގެ މުހައްމަދު ޔޫސުފް ޖެނުއަރީ 2 ވަނަ ދުވަހު ގެއްލުނުއިރު އޭގައި ދެ ބިދޭސީންގެ އިތުރުން އިތުރު ދިވެއްސަކު ހުރިކަމަށް ފުލުހުން ވެސް ބުނެފި އެވެ.

އެ ހާދިސާއާ ގުޅޭ މައުލޫމާތު ހިއްސާކުރިއިރު އެމްއެންޑީއެފުން ބުނެފައި ވަނީ ފަރަށް އަރާފައި ވަނީ ކައްޕި ހިމެނޭ ގޮތަށް ދެ ބިދޭސީން މަސައްކަތް ކުރާ ދޯންޏެއް ކަމަށެވެ. އަދި ދޯނީގައި ތިބީ ޖުމްލަ ތިން މީހުން ކަމަށެވެ.

ނަމަވެސް ފުލުހުން ސީއެންއެމްއަށް ބުނި ގޮތުގައި ކައްޕީގެ އިތުރުން އިތުރު ދިވެއްސަކު ވެސް ދޯނީގައި ހުއްޓެވެ. އަދި އެދެ މީހުންގެ އިތުރުން ދެ ބިދޭސީން ވެސް ތިބި ކަމަށް ބުންޏެވެ.

ދޯނީގައި އިތުރު ދިވެއްސަކު ހުރިކަން އެންމެ ފުރަތަމަ ފެންމަތިކޮށްފައި ވަނީ އެހާދިސާއާ ގުޅޭ މައުލޫމާތު ސީއެންއެމްއަށް ހިއްސާކުރަމުން މުހައްމަދު ޔޫސުފްގެ ކޮއްކޮ، އައިމިނަތު ޔޫސުފެވެ.



އެގޮތުން އާއިލާއަށް ވެސް ދޯނީގައި އިތުރު ދިވެއްސަކު ހުރިކަން އެނގުނީ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ބޭބެ ގެއްލިގެން އުޅޭކަން އެނގުނީ މީހަކު ގުޅާފައި ބުނުމުން، ބޭބެ ގުޅައި ނަންބަރަށް ގުޅުމުންނެވެ. އެގޮތުން ފުރަތަމަ ފަހަރު ފޯނު ނެގީ ބިދޭސީއެއް ކަމަށާއި ނަމަވެސް ދެވަނަ ފަހަރު ގުޅިއިރު ނެގީ ދިވެއްސެއްް ކަމަށް އޭނާ ބުންޏެވެ.

އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ވައިގެ މަގުން އެ ސަރަހައްދު ބެލުމުގެ އިތުރުން ކަނޑުގެ ސާފޭސް ބެލުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން ވަނީ ކަނޑުގެ 48 މީޓަރު އަޑިން ތުވާއްޔެއް ފެނިފައެވެ. އަދި ޑަސްޓްބިން ކޮތަޅެއްގައި ބަންދުކޮށްފައި އޮތް ވަޅިއަކާއި ކަރަންޓު ސާމާނުތަކެއް ކަނޑުގެ 41 މީޓަރު އަޑިން ފެނިފަ އެވެ.

މިތަކެތި ފެނުމާއެކު، ކައްޕި ގެއްލުނު ގޮތާމެދު ގިނަބަޔަކު ދިޔައީޝައްކު އުފައްދަމުންނެވެ.

މިހާރު އެމްއެންޑީއެފުން ވަނީ އެތަކެތި ފުލުހުންނާއި ހަވާލުކޮށްފަ އެވެ. ކައްޕި ގެއްލުނު މައްސަލަ މިހާރު ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ދޯނި ފަރަށް އެރި ފަހުން އެ ދޯނީގައި ކައްޕި އުޅުނު ކަން އެ ދޯނި ފަރަށް އަރާފައި ވަނިކޮށް އެ ސަރަހައްދުން ދަތުރުކުރި ލޯންޗެއްގައި ތިބި ބަޔަކު ނަގާފައިވާ ފޮޓޯތަކަކުން ވެސް ހާމަވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް