ads
ހޮނިހިރު ދުވަހު ބްރިޓިޝް އެއާވޭސް އިން ވަނީ ރާޢްޖެއަށް ކުރާ ދަތުރުތައް އަލުން ފަށާފައި- ފޮޓޯ: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފަށައިފި
މެދުކެނޑުމަކަށް ފަހު ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް ކުރަމުން އައި ސީދާ ދަތުރުތައް އަލުން ފަށައިފި އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ ގިނަ ދުވަސް ވަންދެން އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ އޮތުމުގެ ސަބަބުން ބްރިޓިޝް އެއާވޭސް އިން ވަނީ ރާއްޖެއަށް ކުރަމުން އައި ސީދާ ދަތުރުތައް ދުވަސްކޮޅަކަށް ހުއްޓާލާފައެވެ. 

 ހޮނިހިރު ދުވަހު ގިނަ ދުވަސްތަކަކަށް ފަހު ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވެއެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބުނީ ގިނަ ދުވަސްތަކަކަށް ފަހު ބްރިޓިޝް އެއާވޭސްއިން ލަންޑަންގެ ހީތުރޯ އެއާޕޯޓް ރާއްޖެއަށް ކުރާ ދަތުރުތައް ފަށާފައިވާ ކަމަށެވެ. 

ކޮންމެ ދުވަހަކުވެސް ބްރިޓިޝް އެއާވޭސް އިން ލަންޑަންގެ ހީތުރޯއިން އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރު ކުރާނެއެވެ. 

your imageކޮންމެ ދުވަހުވެސް ބްރިޓިޝް އެއާވޭސް އިން ލަންޑަންގެ ހީތުރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަން ހަމަޖެހިފައިވޭ- ފޮޓޯ: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ހަތަރު މަސް ވަންދެން ޔޫކޭގެ ރެޑްލިސްޓްގައި ރާއްޖެ އޮތުމަށް ފަހު އެމްބާ ލިސްޓަށް ބަދަލުކުރީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. ނަމަވެސް ޓްރެވެލް އެޑްވައިޒަރީއަށް ވަގުތުން ބަދަލެއް ނުގެނެެއެވެ.

ފަހުން ޔޫކޭގެ ރައްޔިތުން ކޮންމެހެންކުރަން ޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ނެރުނު އެ އެޑްވައިޒަރީ ވެސް ވަނީ އުވާލައިފައެވެ.

ރެޑް ލިސްޓުން ނަގައި އެޑްވައިޒަރީ އުވާލުމުން އިނގިރޭސި ވިލާތުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށި އެގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ. 

އިނގިރޭސި ވިލާތުން ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓު އޮންނަނީ ތިން ކެޓެގަރީއަކަށް ބަހާލައިފައެވެ. އެއީ ގްރީން، އެމްބާ އަދި ރެޑެވެ.

ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރުން މަނާވާއިރު، އެގައުމަށް އެތެރެވާނަމަ 10 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހޭނެއެވެ.

ގްރީން އަދި އެމްބާ ލިސްޓުގައި ހިމަނަނީ ދަތުރުކުރުން ރައްކާތެރި ގައުމުތަކެވެ. މިގައުމުތަކުން އިގިރޭސިވިލާތަށް ދާނަމަ ކަރަންޓީން ވާކަށް ނުޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް