ads
ދިރާގު ޓީވީ އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ހޯއްދެވި އެންމެ ފުރަތަމަ ކަސްޓަމަރާބައްދަލުކުރައްވަނީ——-
ދެވަނަ ފިޔަވައްސަށް ދިރާގުން ހިދުމަތް ދޭން ފަށައިފި
ދިރާގުން ހުޅުމާލެ ފޭސް 2 ގައި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭންފަށައިފި އެވެ.

 ދިރާގު ސީއީއޯ/އެމްޑީ އިސްމާއިލް ރަޝީދު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު އެ އެގްރީމެންޓްގައި ސޮއި ކުރެއްވީ މިއަދު އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެހަފުލާގައި ދެ ކުންފުނީގެ އިސް ބޭފުޅުންވަނީ ބައިވެރިވެވަޑައިގަންނަވާފައިއެވެ. އެގްރީމެންޓުގައި ސޮއި ކުރެއްވުމަށްފަހު، ހިޔާ ފްލެޓްގައި ދިރާގު ޓީވީ އަދި ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތް ހޯއްދެވި އެންމެ ފުރަތަމަ ކަސްޓަމަރާ ވަނީ ބައްދަލުކުރައްވާފައެވެ. 

މީގެ އިތުރުން ފަސޭހަކަމައިއެކު ކަސްޓަމަރުންނަށް ދިރާގުގެ ފައިބަ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޙިދުމަތަށް އެދިލެއްވުމަށް ދިރާގުގެ ޓީމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހީޔާ ފްލެޓް ސަރަހައްދުގައި މިއަދު 18:00 ވަންދެން ހަރަކާތްވަވެފައިވެއެވެ. އަދި މާދަމައިން ފެށިގެން 10 އޮކްޓޯބަރުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 15:30 އިން 18:30 އަށް ހަރަކާތްތެރިވަމުން ދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ "އެޗްޑީސީ އާ ގުޅިގެން ހުޅުމާލެ ފޭސް ދޭއްގައި އާބަދުވަމުންދާ ރައްޔިތުންނަށް ދިރާގު ފައިބަ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ ފޯރުކޮށްދެވިގެން ދިޔުމަކީ ނުހަނު އުފާވާ ކަމެއް ކަމަށާއި، އެޗްޑީސީ އާއެކު ވެވުނު އެއްބަސްވުމާއެކު އެންމެ އިސްކަމެއް ދެނީ ހުޅުމާލޭ ދެވަނަފިޔަވަހީގެ ކަސްޓަމަރުންނަށް ދޭ ޚިދުމަތްތަކަކީވެސް މާލޭގެ އެހެން ސަރަޙައްދު ތަކެކޭ އެއްގޮތަށް އެންފެންވަރެއްގައި، އަގުގެ ތަފާތެއްނެތި، އެއްއަގެއްގައި ދެވޭނޭ ޚިދުމަތްތަކެއްކަން ޔަޤީންކުރުން ކަމަށެވެ. 

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ ޚިދުމަތެއް ފޯރުކޮށްދީ، ކަސްޓަމަރުން އެކަކު އަނެކެކާ ގުޅުވައިދިނުމަށް" ދިރާގު ސީއީއޯ އިސްމާއިލް ވިދާޅުވިއެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދު ވިދާޅުވީ "ހުޅުމާލެ ފޭސް ދޭއްގައި އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އެންމެ ފުރަތަމަ އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް ފޯރުކޮށްދިން ކުންފުންޔަށް ދިރާގު ވެގެން ދިޔުމާކީވަރަށް އުފާކުރާކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ދެ ކުންފުނީގެވެސް އަމާޒަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ވާ ޑިޖިޓަލް ފަރަގު ކުޑަކުރުން ކަމުގައި ވުމުން، މިއީ ހުޅުމާލެ، ރާއްޖޭގެ އެންމެ ފުރަތަމަ "ސްމާޓް ސިޓީ" އަށް ވެގެން ދިޔުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް" އެމްޑީ ސުހައިލް ވިދާޅުވިއެވެ.

ދިރާގާއި އެޗްޑީސީއަކީ ސަރުކާރު ހިއްސާވާ ދެ ކުންފުންޔަށް ވީ ހިނދު، މި ދެކުންފުނިވެސް އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ މުޖުތަމަޢުތައް ބިނާ ކޮށް ތަރައްގީ ކުރުމެވެ. އެގޮތުން، ދިރާގުން ވަނީ ހުޅުމާލޭގައި މީހުން އާބާދުވާން ފެށީއްސުރެއް އެންމެ ފުރަތަމަ އަސާސީ ހިދުމަތް ދޭންފެށި ކުންފުނިތަކައިއެކު ދިރާގުގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައެވެ. އަދި މިއާއެކު މިހާރު ހުޅުމާލެ ފޭސް 1 ގައި ދިރިއުޅޭ 50،000 އަށް ވުރެ ގިނަ ރަށްވެހިންނަށް ދިރާގުގެ ޚިދުމަތައްތައް ދަނީ ފޯރުކޮށްމުންނެވެ. 

އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ގިނަ ސަވިސް ޕްރޮވައިޑަރުން ގުޅިގެން އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް އެއް ފައިބަ ނެޓްވޯކެއް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށާއި، ދިރާގުން މަސައްކަތްކުރަމުން ދަނީ އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތައްތަކެއް ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް