ads
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 50 އަށްވުރެ ގިނަ ރަށްރަށުގައި މުޖުތަމައުއަށް ފައިދާ ކުރަވަނިވި ޕްރޮޖެކްޓް ހިންގާފައިވޭ-
މިއަހަރުގެ 3 ވަނަ ކުއާޓާގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ރަށްތައް ހާމަކޮށްފި
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން މި އަހަރުގެ ތިން ވަނަ ކުއާޓާގައި އެހީ ލިބޭ ރަށްތައް ހާމަކޮށްފި އެވެ.

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ހިންގާ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ތިންވަނަ ކުއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓް ބީއެމްއެލް އިން ވަނީ ހޮވާފައެވެ. އެގޮތުން ހޮވުނު ފަސް ޕްރޮޖެކްޓަކީ: 

1.    ބ. ކުޑަރިކިލުގައި ސޯލާ ލައިޓް ހަރުކުރުން

2.    ހއ. ތަކަންދޫގައި ފޮތްކިޔުމަށް ހާއްސަ ތަނެއް ތަރައްގީކުރުން 

3.    ވ. ފެލިދޫގައި ޕިކްނިކް އޭރިއާއެއް ތައްޔާރުކުރުން 

4.    ނ. މާޅެންދޫގައި މަސްކަނޑާތަނެއް ތަރައްގީކުރުން

5.    ހއ. މޮޅަދޫގައި އިކޯލޮޖިކަލް ޕާކެއް ގާއިމްކުރުން 

ބީއެމްއެލްގެ އަމާޒަކީ އެ ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި މިފަހަރުވެސް ރަނގަޅު ޕްރޮޕޯސަލް ތަކެއް ކޮމިއުނިޓީ ފަންޑަށް ލިބުނުކަމަށް ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.  އެއިން ދައްކައިދެނީ އަމިއްލަ ފަރުދުންނާއި  ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު ކަމަށް އަދި އޭނާ ވިިދާޅުވި އެވެ. 

ސައީދު ވަނީ މިފަހަރު ކޮމިއުނިޓީ ފަންޑަށް ހޮވުނު ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.  އަދި މިދަތި އުނދަގޫ ހާލަތުގައިވެސް ރަށްރަށުގައި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރަމުންގެންދާ މަސައްކަތްފާހަގަކޮށް އެފަރާތްތަކަށް ސައީދު ވަނީ ޝުކުރު ދަންނަވާފައެވެ.

ބީއެމްއެލްއިން ބުނީ މިފަންޑުގެ ދަށުން މިހާތަނަށް 55 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް