ads
ރަޝިޔާއިން ޓެސްޓު ކުރި ހައިޕާސޮނިކް ކުރުޒް މިސައިލް
ރަޝިޔާއިން ހައިޕަސޮނިކް ކުރުޒް މިސައިލެއް ޓެސްޓުކޮށްފި
ރަޝިޔާއިން ހައިޕަސޮނިކް ކްރުޒް މިސައިލެއް ޓެސްޓުކޮށްފި އެވެ.

ރަޝިޔާއިން ހޯމަ ދުވަހު ބުނީ އެގައުމުން ކާމިޔާބުކަމާއެކު ޒިރްކޮން ހައިޕާސޮނިކް ކުރުޒް މިސައިލެއް ޓެސްޓްކޮށްފައިވާ ކަމަށެވެ. އެ މިސައިލް ލޯންޗުކޮށްފައިވަނީ ސަބްމެރިންއަކުން ކަމަށް އެގައުމުން ބުނެއެވެ. 

މިއީ އެގައުމުގެ ރައީސް އިއުލާން ކުރި އެންމެ ފަހު ޖެނެރަޝޭންގެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އުފެއްދި މިސައިލެކެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ބަރެންޓްސް ސީގައި މިސައިލް ޓެސްޓު ކުރެވުނުއިރު މިސައިލް ކާމިޔާބުކަމާއެކު އަމާޒަށް ވާސިލްވެފައިވާ ކަމަށެވެ. 

ޒިރްކޮން މިސައިލަކީ ނިއުކްލިއާ ހަތިޔާރު އުފުލޭނެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ. 

ރަޝިޔާއިން ޒަމާނީ ހަތިޔާރުކަމަށް ބުނެ ޓެސްޓުކުރާ ހަތިޔާރުތަކާމެދު ހުޅަނގުގެ ގައުމުތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން ޖުލައި މަހު ރަޝިޔާއިން ޓެސްޓުކުރި އެސް-500 އެއާ ޑިފެންސް ސިސްޓަމް ޓެސްޓު ކުރިއިރު އާންމުކުރި ވީޑިއޯތައް ގަސްދުގައި ފުސްކޮށްފައި ހުރިކަމަށް ބުނެ، އެއީ ހަތިޔާރުގެ މަސައްކަތް ކުރާގޮތް ނުދައްކަން ކޮށްފައިވާ ކަމެއް ކަމަށް އެމީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް