ads
ޖުމްހުރީ ޕާޓީގެ ލީޑަރު އަދި މާމިގިނލި ދާއިރާ މެމްބަރު ގާސިމް އިބްރާހިމް---
ގާސިމްއާއި ގުޅުވާ ދެއްކި ވާހަކަ އެ ޕާޓީން ދޮގުކޮށްފި
މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅި މިންވަރު ބޮޑުވެގެން އެ ޢަދަދުތައް މުރާޖައާ ކުރަން ނުވަތަ މިނިމަމް ވޭޖު ދޭން ފެށުން ފަސްކުރުމަށް ވެސް އެެއްވެސް ފަރާތަކާއި، ޤާސިމް އިބްރާހީމް މަޝްވަރާ ކޮށްފައި ނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ "އެންމެ ކުޑަ އުޖޫރައަށް ކަނޑައެޅި މިންވަރު ބޮޑުވެގެން ޤާސިމްގެ ޝަކުވާ ރައީސަށް" އެ ސުރުހީގެ ދަށުން ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުން ކުށްވެރިކޮށް އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ.

އެބަޔާނުގައި ބުނީ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅި މިންވަރު ބޮޑުވެގެން ޤާސިމް އިބްރާހީމް ނުރުހުން ފާޅުކުރައްވާ އަލުން އެ އަދަދުތައް މުރާޖައާ ކުރަން ނުވަތަ މިނިމަމް ވޭޖު ދޭން ފެށުން ފަސްކުރުމަށް އެދިވަޑައިގެން ކަމަށްބުނެ ދައްކާ ވާހަކައަކީ ކަނޑައެޅިގެން ފަތުރާ ބޮޑު ދޮގެއް ކަމަށެވެ.

މިނިމަމް ވޭޖްގެ މައްސަލަ ބެއްލެވި ބޯޑުން ވަކިގޮތަކަށް ނިންމި ކަމެއް ޤާސިމަށް އެހިނދަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި އަދި އެކަމާއި ގުޅިގެން އެއްވެސް ފަރާތަކާއި އެއްވެސް ހާލެއްގައި މަޝްވަރާ ކުރައްވާފައި ނުވާކަން އެޕާޓީން ޔަޤީންކޮށްދޭ ކަމަށްވެސް ބުނެފައިވެއެވެ. 

" މިޕާޓީން ދެކޭގޮތުގައި މިއީ، ރައްޔިތުންގެ މެދުގައި ޤާސިމް އިބްރާހީމް އާއިމެދު އޮންނަ އިތުބާރު ގެއްލުވާލުމަށާއި، އެމަނިކުފާނުގެ އަބުރުކަތިލުމަށާއި، ޤައުމީ ޚިދުމަތުގައި އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކާއިމެދު ޝައްކު އުފެއްދުމަށާއި، ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމަށް ކުރެވޭ ސިޔާސީ މަސައްކަތެއް ކަމުގައެވެ" އެބަޔާނުގައި ބުނެފައިވެއެވެ.

އެ ޕާޓީން އިތުރަށް ބުނީ ނޫސްވެރިކަމަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށް ވީހިނދު، ނޫސްވެރިން ވާންޖެހޭނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހުދޫދުގެ ތެރެއިން، ވަކިވަކި ފަރުދުން ތަފާތު ނުވާނޭހެން ޒާތީ ތަޢައްސުބުން އެއްކިބާވެ ތިބެ ތެދު މައޫލޫމާތު ފޯރުކޮށްދޭ
ބަޔަކަށް ކަމަށާއި ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ ހައްޤުބަސް ބުނާ ބަޔަކަށް ކަމަށެވެ. 

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި 7،000 ރުފިޔާ ކަނޑައެޅުމަށްފަހު އެކަން ތަންފީޒުކުރުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ވަނީ ލަފާ ދީފައެވެ. އެ ލަފާގައި ޓޫރިޒަމް ދާއިރާގެ އެންމެ ދަށް މުސާރައިގެ ގޮތުގައި 10،000 ވަނީ ކަނޑައަޅަން ލަފާދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް