ads
އެންޑްރޮއިޑް ފޯނުތަކަށް އެއާޑްރޮޕް ކަހަލަ ފީޗާއެއް ގެންނަނީ ފައިލްތައް ޝެއާކުރަން
އެންޑްރޮއިޑް ފޯނުތަކަށް އެއާޑްރޮޕް ކަހަލަ ޓެކްނޮލޮޖީއެއް
އައިފޯން ބޭނުންކުރާ މީހުންނަށް "އެއާޑްރޮޕް" އަކީ ބޭނުންތެރި ފީޗާ އެކެވެ. އެއާޑްރޮޕް ބޭނުންކުރެވެނީ އެއް އައިފޯނުން އަނެއް އައިފޯނަށް ފައިލެއް ފޮނުވުމަށެވެ. މިއި އެޕަލް ޑިވައިސްތަކުގެ މެދުގައި ކާމިޔާބު ޓެކްނޮލޮޖީއެކެވެ. އެހެން ނަމަވެސް، އައިފޯނަކުން އެންޑްރޮއިޑް ފޯނަކަށް ފައިލެން ފޮނުވާ ނަމަ، އެކަން ކުރެވެނީ އީމެއިލް ނުވަތަ ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.

އެންޑްރޮއިޑް ފޯނުތަކުގެ މެދުގައި ބޭނުންކުރުމަށް އެއާޑްރޮޕް ކަހަލަ ފީޗާއެެއް އަދި ވެސް ނެތެވެ. މި ބުނީ އެންޑްރޮއިޑް ފޯނަކުން އެންޑްރޮއިޑް ފޯނަކަށް ފައިލެއް ފޮނުވޭނެ ގޮތެއް ނުވަތަ އެ ފަދަ އެޕްލިކޭޝަނެއް ނެތް ވާހަކައެއް ނޫނެވެ. ސްމާޓްފޯން ކުންފުނިތަކުން ފޯނުތައް މާކެޓަށް ނެރޭއިރު، ހުރިހާ ފޯނުތަކެއްގެ މެދުގައި ބޭނުންހިފުމަށް، އެއާޑްރޮޕް ކަހަލަ ފީޗާއެއް ނެތް ވާހަކަ އެވެ.

އެންޑްރޮއިޑް ސްމާޓްފޯން އުފައްދާ ތިން ކުންފުންޏެއް ގުޅިގެން، އެއާޑްރޮޕް ކަހަލަ ފީޗާއެއް ފޯނުތަކުގައި ގައިކުރުމަށް މަސައްކަތް އެބަ ކުރެ އެވެ. އެއީ އޮޕޯ، ވީވޯ އަދި ޝޯމީ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެރޭ ފޯނުތަކުގައި މި ފީޗާ ހިމަނާނެ ކަމަށް މި ތިން ކުންފުނިން ވަނީ ބުނެފަ އެވެ.

ސްމާޓްފޯންތަކުގެ މެދުގައި ފައިލް ޝެއާކުރުމަށް، އޮޕޯ، ވީވޯ އަދި ޝޯމީ ފޯނުތަކުގައި ގައިމުކުރާ ޓެކްނޮލޮޖީ އަށް އަދި ނަމެއް ނުކިޔަ އެވެ. އެހެން ނަމަވެސް، މިއީ މި ބްރޭންޑްގެ ފޯނުތައް ބޭނުންކުރާ މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ.

އެއް ފޯނުން އަނެއް ފޯނައް ފައިލްތައް ފޮނުވުމަށް ސެމްސަންގް އަދި ވާވޭ އަމިއްލަ ޓެކްނޮލޮޖީއެއް ގެންގުޅެ އެވެ. އެކަމަކު، މި ބްރޭންޑް ނޫން ފޯނެއްގައި މި ޓެކްނޮލޮޖީ ބޭނުމެއް ނުކުރެވެ އެވެ.

އޮޕޯ، ވީވޯ އަދި ޝޯމީ ގުޅިގެން ތަރައްގީކުރާ ޓެކްނޮލޮޖީ ވަންޕްލަސް ބޭނުންހިފާނެ ކަމަށް ބެލެވެ އެވެ. ސެމްސަންގް އަދި ވާވޭ އަށް މިހާރު ލިބިފައި އޮތް ވަރުގެ މަޝްހޫރުކަމެއް ނެތް ނަމަ، މި ޓެކްނޮލޮޖީ ތަރައްގީކުރުމުގައި ބައިވެރިވާނެ ކަމަށް ބެލެވެ އެވެ. މި ޓެކްނޮލޮޖީގެ ބޭނުންތެރިކަމަށް ބަލައި، ސެމްސަންގް އަދި ވާވޭ ބައިވެރިވުމަކީ ދުރުކަމެއް ނޫނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް