ads
މިރޭގެ މެޗުގެ ތެރެއިން———ފޮޓޯ: އަދަދު
2-0 ބަގްލަދޭޝް ބަލިކޮށް ރާއްޖެއިން އުއްމީދު އާ ކޮށްފި
ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ މިރޭ ކުޅުނު މެޗު 2-0 އަކުން ރާއްޖެ ކާމިޔާބު ކޮށްފި އެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލު ރާއްޖެއަށް ކާމިޔާބު ކޮށްދިނީ ޖޯޒީ ނަންބަރު 10، ހަމްޒާ މުހައްމަދު(ހަމްޕު) އެވެ. މި ގޯލު  ހަމްޕު ކާމިޔާބު ކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. އެއީ މެޗުގެ 55 ވަނަ މިނިޓުގައެވެ. 

ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް އޭނާ ވަރަށް ރީއްޗަށް އޯވަހެޑަކުން ވަނީ ސީދާ ގޯލަށް ވައްދާލާފައެވެ. 

މެޗުގެ ދެވަނަ ގޯލު އަލީ އަޝްފާގު(ދަނގަޑޭ) ކާމިޔާބު ކޮށްދިނީ 74 ވަނަ މިނިޓުގައި ރާއްޖެ އަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ރާއްޖެެެއަށް ލިބުނީ ނާއިޒް ހިފައިގެން ދިޔަ ބޯޅައެއް ބަންގްލަދޭޝް ކުޅުންތެރިން ވައްޓާލުމުންނެވެ. 

ދޭއް ސުމަކުން ބަގްލަދޭޝް ބަލިކޮށް މިރޭގެ މެޗުން މޮޅުވެ ރާއްޖެ ވަނީ ތިން ޕޮއިންޓާއެކު، ތިން ވަނަ އަށް ޖެހިލައިފަ އެވެ. ދެވަނައިގައި އޮތީ ބަންގްލަދޭޝް އެވެ. އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ނޭޕާލެވެ.

ފުރަތަމަ ހާފުގައިވެސް ލަޑު ޖަހާނެ ރީތި ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ހާފު ދެޓީމުންވެސް ނިންމާލީ ލަޑެއް ކާމިޔާބު ނުވެއެވެ.

ފުރަތަމަ ހާފުގެ ކުޅުމުގައި ރާއްޖެއިން 69 ޕަސެންޓް ބޯލް ޕޮސެސަން ކޮންޓްރޯލް ކުރިއިރު 273 ޕާސްކޮށްފައިވެއެވެ. ބަންގްލަދޭޝް އިން 128 ޕާސް ކޮށްފައިވެއެވެ. 

ފުރަތަމަ ހާފުގައި ރާއްޖޭން ތިން ފައުލް ކުރިއިރު ބަންގްލަދޭޝް ވަނީ 16 ފައުލްކޮށްފައެވެ. އަދި ރާއްޖޭގެ ޓީމަށް އެއް ރީދޫ ކާޑު ދައްކާފައިވާ އިރު ބަންގްލަދޭޝް އަށް ވަނީ ދެ ރީދޫ ކާޑު ދައްކާފައެވެ. 

މިރޭގެ މެޗަކީ ރާއްޖެއަށް މުހިންމު، ކޮންމެހެންވެސް މޮޅުވާން މަޖުބޫރު މެޗެކެވެ. މިރޭގެ މެޗުން ރާއްޖެ ބަލިވި ނަމަ މުބާރާތުގެ ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވީހެވެ.

އެންމެ ފަހު މެޗުގައި 10 މީހުންނާ އެކު ކުޅެ އިންޑިއާ ބަލިކުރި ބަންގްލަދޭޝް މިރޭގެ މެޗުން މޮޅުވި ނަމަ ހަތް ޕޮއިންޓާ އެކު މުބާރާތުގެ ފައިނަލާއި ގާތްކުރީހެެވެ.

ފުރަތަމަ މެޗުގައި ބަންގަލަދޭޝްއިން ސްރީލަންކާއާ ދެކޮޅަށް ކުޅެ މޮޅުވީ 0-1 އިންނެވެ. ބަންގަލްދޭޝއިން ދެވަނަ މެޗުގައި 1-1 އިން އިންޑިއާ އެއްވަރުކޮށްފައިވާ އިރު ރާއްޖެ ފުރަތަމަ މެޗުގައި ބަލިވީ 0-1 ނޭޕާލް އަތުންނެވެ. ރާއްޖެއިން އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ގޯލެއް ޖެހުމުގެ ނަސީބު ނުލިބުނީއެވެ.

ރާއްޖެ އާއި ބަންގްލަދޭޝް އެންމެ ފަހުން ގަލޮޅު ދަނޑުގައި ބައްދަލުކުރީ 2016 ވަނަ އަހަރު ރަހުމަތްތެރިކަމުގެ މެޗެއްގަ އެވެ. އެ މެޗު ވެސް ފަސް ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ ރާއްޖެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް