ads
ބީއެމްލްގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރަނީ ފޮޓޯ: ބީއެމްއެލް
މުވައްޒަފުންގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އެހީތެރިވަނީ
ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ގާއިމް ކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް ) މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އެހީތެރިވާން ނިންމައިފިއެވެ.

މިއަދު ސޮއި ކުރެވުނު އެމްއޯޔޫއެއްގެ ދަށުން ބޭންކުން ހިދުމަތް ދެމުންދާ އިދާރާތަކާއި ގުޅިގެން ސަޕޯޓް ޕްރޮގްރާމް ތަކާއި ޕްރޮފެޝަނަލް ހިދުމަތާއި ވަޒީފާގެ މާހައުލުގައި ނަފްސާމީ ދުޅަހެޔޮކަން ކުރިއެރުވުމުގެ ގޮތުން ހަރަކާތްތައް ހިންގުމަށް ނިންމާފައިވެއެވެ. މިއެމްއޯޔޫގައި ސޮއި ކޮށްފައިވަނީ ތިބާ ސައިކޮލޮޖީ، ސޮސައިޓީ ފޯ ހެލްތް އެޑިޔުކޭޝަން ( ޝީ ) އަދި އިންސްޓިޓިއުޓް އޮފް މެންޓަލް ވެލްބިއިން ( އައި.އެމް.ޑަބްލިޔު.ބީ ) އިންނެވެ.

ބީއެމްއެލްއިން މައުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ހުރިހާ ހަމަޖައްސައިދޭނީ އެ ބޭންކުންކަމުގަ އެވެ. އަދި ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މުވައްޒަފުންނަށް އެދާއިރާއިން ފާހަގަ ކޮށްލެވޭ ފަންނީ ފަރާތްތަކުގެ އެހީތެރިކަން ފޯރުކޮށް ދެއްވާނޭ ކަމުގަ އެވެ.

މިކަމާއި ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ރާއްޖޭގެ އެހެން އޮފީސްތަކުންވެސް މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމްތައް ހިންގައި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކޮށްދެއްވައި އެކަމަށް ފިޔަވަޅުއަޅުއްވައި ދެއްވުމަށް އެދި ވަޑައިގަންނަވާކަމުގަ އެވެ.

ބީއެމްއެލް އިން މިފަދަ ޕްރޮގްރާމްއެއް ހިންގާއިރު  އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓް ތަކަށް އެހީވުމުގެ ގޮތުން ބޭންކުން ހިންގާ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ތިންވަނަ ކުއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓް ބީއެމްއެލް އިން ވަނީ ހޮވާފަ އެވެ.

ބީއެމްއެލްއިން ބުނީ މިފަންޑުގެ ދަށުން މިހާތަނަށް 55 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް