ads
އުކާލާފައިވާ މުސްހަފްތައް ނަގާފައި
ކީރިތި ޤުރުއާނުގެ މުސްހަފްތަކެއް ގޮނޑުން ނަގައިފި
ދެކުނުގެ ރަށެއްގެ ގޮނޑުން ކީރިތި ޤުރުއާނުގެ މުސްހަފްތަކެއް ނަގައިފިއެވެ.

އެ ރަށުގެ މީހަކަށް އެ ހަތިމްތައް ފެނުމުން އެމީހާ ވަނީ ޓިނުން ހިޔާ ކޮށްފައިވާ ޓެންޓަކަށް އެ ހަތިމްތައް ގެންގޮސް ރައްކާތެރި ކޮށްފައެވެ. 

ސީއެންއެމް އަށް އޭނާ ކިޔައިދިން ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން އޭނާއަށް އެ މުސްހަފްތައް ފެނުމުން އެތަކެތި ރައްކާތެރި ކުރުމަށްޓަކައި ހިޔާކޮށްފައި ހުރި ތަނަކަށް ގެންދިޔައީ އެވެ. 

your imageމުސްހަފްތައް ނަގާފައި

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެއީ އެފޮތަށް އިހްތިރާމު ކުޑަކުރެވިފައިވާތީ ކުރެވޭ ކަންކަން ކަމަށެވެ. 

މީގެ ދުވަސްކޮޅެއް ކުރިން ގުރޭޑް އެކެއްގެ ދަރިވަރުންގެ ޤުރުއާން ފޮތުގައި އާޔަތްތަކެއް އޮޅުވާލެވި، ލިޔެފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މިމައްސަލަ ސޯޝަލް މީޑިއާގައި އާންމުންގެ ސަމާލު ކަމަށް ގެނެސްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ދަރިވަރުންގެ ޤުރުއާން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލަ ފެތުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ނުރުހުން ފާޅުކުރަމުންގެންދިޔައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް