ads
ހަކަތައިގެ ބިލު ތަސްދީގުކުރައްވަނީ؛ ފޮޓޯ އަވަސް
ހަކަތައިގެ ބިލު ތަސްދީގު ކުރައްވައިފި
ހަކަތައިގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރަައްވައިފި އެވެ.

މި ބިލު ތަސްދީގުކޮށް ބިލު ވަނީ ސަރުކާރުގެ ގެޒެޓުގައި ވެސް ޝާއިއުކޮށްފަ އެވެ. އެއާއެކު މިއަދުން ފެށިގެން މި ގާނޫނަށް ޢަމަލު ކުރެވޭނެއެވެ. 

ސަރުކާރުން ސްޕޮންސާކޮށްގެން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު އެވެ.

އަދި މި ގާނޫނަކީ އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމާއި، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދޭ، ތިމާވެއްޓާ ރައްޓެހި، އަދި މޫސުމަށް އަންނަ ބަދަލުތަކަށް ބަރުދާސްތު ކުރަނިވި، ޖައްވު ހޫނުކުރާ ގޭހުގެ ޙިއްޞާ ކުޑަ، އަދި ޚަރަދުކުޑަ ހަކަތައިގެ ނިޒާމެއް ގާއިމުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ. 

މި ބިލު މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.  

މި ބިލުގެ ދިރާސާތައް ކުރިއަށް ދިޔަ އިރު، އެ މަސައްކަތް ކުރިއަށް ގެންދިޔަ ކޮމެޓީންވަނީ މި ބަލާއިމެދު އާއްމުންގެ ހިޔާލު ހޯދަންވެސް ހުޅުވާލާފައެވެ. 

މި ޤާނޫނު ތަންފީޛުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން، އެކުލަވާލަންޖެހޭ ހަކަތައިގެ ސިޔާސަތުތަކާއި ޕްލޭންތަކުގެ ދަށުން ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާނީ މިނިސްޓްރީންނެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއަރުވާ ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާ ގޮތް ސަރުކާރުގެ ހަކަތައިގެ ސިޔާސަތު މިނިސްޓްރީން ޝާއިޢުކުރަންވާނެ ކަމަށް މި ބިލުގައި ވަނީ ބުނެފައެވެ.

އަދި ކޮންމެ 5 (ފަހެއް) އަހަރަކުން އެއްފަހަރު އެ ސިޔާސަތު މުރާޖަޢާކޮށް ގެންނަންޖެހޭ ބަދަލުތައް ގެންނަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް