ads
ޖަޕާނުގެ އެހީ އެގްރިމެންޓުގައި ސޮއި ކުރުމުގެ ރަސްމިޔާތުގެ ތެރެއިން
ޖަޕާނުން 42.7 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި
ދަނޑުވެރިކަން ތަރައްގީކުރުމަށް ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް 42.7 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

މި އެހީއަކީ ރާއްޖޭގައި ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސީޑް މަޝްރޫގެ ފުރަތަމަ ފިޔަވައްސާއިއެކު ދެވަނަ މަޝްރޫއެއް ވެސް ކުރިއަށް ގެންދިއުމަށް "ޔުނިއިޓެޑް ނޭޝަންސްގެ ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނަަބަލް އެގްރިކަލްޗަރަލް އިކޮނޮމީ"ގެ ދަށުން ރާއްޖެއަށް ޖަޕާނުން ދިން އެހީއެކެވެ.

އެ އެހީ ރާއްޖެ އާއި ހަވާލުކޮށް، އެގްރީމަންޓުގައި ސޮއިކޮށްފައިވަނީ ޖަޕާނުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެއިކޯ ވިދާޅުވީ، އެ އެހީއާއެކު ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އިތުރު އެހީއެއް ލިބިގެންދާނެ ކަމެއް ކަމަށް އުންމީދުކުރައްވާކަމަށާއި، ދެ ގައުމު އެކުގައި ކުރާ މަސައްކަތްތަކުން ރާއްޖޭގައި ފުޑް ސެކިއުރިޓީ ދެމެހެއްޓުމަށް ރަނގަޅު ފުރުސަތުތައް ލިބޭނެކަމަށް ކަމަށެވެ. 

އަދި ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރުމުގައި ބައިނަލްއަގްވާމީ ބަައިވެރިންނާ އެއްކޮށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް ކެއިކޯ ވަނީ އަރުވާފައެވެ. 

ކޮވިޑް-19ގެ ސަބަބުން އަސަރުކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވެސް 1.4 މިލިއަން ޑޮލަރުގެ އެހީ އެއް ޖަޕާނުން ރާއްޖެއަށް ވަނީ މީގެ ކުރިން ފޯރުކޮށްދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް