ads
ނިއުވިއުގެ ފަރާތުން، ނ.އަތޮޅު ކައުންސިލަށް ފޮތި ކޮތަޅު ހަދިޔާ ކުރަނީ. ފޮޓޯ ނޫނު ޓައިމްސް
މަނަދޫ "ނިއުވިއު"ގެ ފަރާތުން އެރަށު އޮފީސްތަކަށް ފޮތި ކޮތަޅު ހަދިޔާ ކޮށްފި
ނ.މަނަދޫގައި ހިންގަމުން އަންނަ ފިހާރައެއް ކަމަށްވާ، "ނިއުވިއު" ގެ ފަރާތުން އެ ރަށުގެ ސަރުކާރުގެ ހުރިހާ އޮފީސްތަކަށް ފޮތި ކޮތަޅު ފޯރުކޮށްދީފި އެވެ.

މިއީ މަނަދޫ ނިއުވިއު ފިހާރައިން ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރާތާ 10 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ފޯރުކޮށްދިން އެހީތެރި ކަމެކެވެ. 

ނިއުވިއު ގެ ފަރާތުން ފޮތި ކޮތަޅުތައް ހަދިޔާކޮށްދެއްވީ، ފިހާރައިގެ އޯނަރ ޢަބްދުލްހަމީދު ޙުސައިނެވެ. 

މަނަދޫ ނިއުވިއު ފިހާރައަކީ މަނަދޫ އާއި ނ.އަތޮޅުގެ އެކިރައްރަށުގެ ކުޅިވަރާއި، ތައުލީމަށް، އަދި އިޖުތުމާޢި އެކިކަންކަމަށް ވަރަށް ބޮޑަށް އެހީތެރިކަން ދެމުންގެންދާ ފިހާރައެކެވެ. 

އެ ފިހާރައިން ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރާ 10 އަހަރު ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ހަރަކާތާއި ގުޅޭގޮތުން، އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން، އެ ފިހާރައިގެނ އޯނަރ އަބްދުލްހަމީދު ވިދާޅުވެފައިވާ ގޮތުގައި، މަނަދޫގެ ކޮންމެ މުއައްސަސާއެއްގެ ކޮންމެ މުވައްޒަފަކަށްވެސް ފޮތި ކޮތަޅެއް ހަދިޔާކޮށްފައިވާ ކަމަށާއި، މީގެ އިތުރުން ފިހާރައިން ރެގިޔުލަރކޮށް ވިޔަފާރި ކުރާ ފަރާތްތަކަށްވެސް ފޮތި ކޮތަޅު ދެމުންދާނެ ކަމަށެވެ. 

ނިއުވިއު ފިހާރައަކީ، އެ ފިހާރައިގެ ކަސްޓަމަރުންގެ އުފަލާއި ހިތްހަމަ ޖެހުމަށް ވަރަށް ގިނަ ހަރަކާތްތައް ހިންގަމުން އަންނަ ފިހާރައެކެވެ. އެގޮތުން، ފުޓުބޯޅަ މުބާރާތްތައް ބޭއްވުމާއި، މަސްރޭސްތައް ބޭއްވުން ފަދަ އެތައް ހަރަކާތްތަކެއް އެ ފިހާރައިން ކުރިއަށް ގެންދެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް