ads
ގްލޯބަލް ސެކިއުރިޓީ ފޯރަމުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ——
ޓެރަރިޒަމަށް ފަންޑުކުރުމަށް ކްރިޕްޓޯ ކަރަންސީ ބޭނުންކުރޭ: މިނިސްޓަރު އިމްރާން
ޓެރަރިޒަމްގެ އަމަލުތައް ހިންގާ ނެޓުވޯކްތަކުން ކޮވިޑާއި ގުޅިގެން އެމީހުންގެ އުކުޅުތައް ބަދަލުކޮށް އެމީހުންގެ ހަރަކާތްތަކަށް ފަންޑުކުރުމަށް ކްރިޕްޓޯ ކަރަންސީ ބޭނުންކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.

ގަތަރުގެ ދޯހާގައި ކުރިއަށްދިޔަ "ގްލޯބަލް ސެކިއުރިޓީ ފޯރަމް" ގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ކޮވިޑް-19އިގެ ބަލިމަޑުކަމާއިއެކު ޓެރަރިޒަމުގެ އަމަލުތައް ހިންގާ ފަރާތްތަކުން އެމީހުން ގެންގުޅޭ އުކުޅުތައް ބަދަލުކޮށް ޑިޖިޓަލައިޒް ކޮށްފައިވާ ކަމަށެވެ. 

އަދި އެފަދަ ނެޓްވޯކުތަކަށް މީހުން ރެކްރޫޓް ކުރުމަށް އޮންލައިން ޕްރޮޕަގަންޑާތައް ހިންގަމުންދާކަން ފާހަގަކޮށް މިނިސްޓަރު އިމްރާން ވިދާޅުވީ އެ އޮންލައިން ޕްރޮޕަގެންޑާތަކަށް އެމީހުން ފަންޑުކުރަނީ އޮންލައިން ކޮށް ބޭނުންކުރަމުންދާ މަޝްހޫރު "ކްރިޕްޓޯ ކަރަންސީ" ބޭނުންކޮށްގެން ކަމަށެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ އެފަދަ މީހުންގެ އާއްމު ޓާގެޓަކީ ކުޑަކުދިން ކަމަށެވެ. 

"ކްރިޕްޓޯ ކަރަންސީ" އަކީ މަރުކަޒީ ވަކި އެއް ތަނަކުން ކޮންޓްރޯލް ނުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ނެޓްވޯކެއްގެ ޒަރީއާ އިން ޑިޖިޓަލްކޮށް ބޭނުން ކުރާ ފައިސާގެ ވައްތަރުތަކެކެވެ. އެގޮތުން އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރަނީ "ބިޓްކޮއިން"އެވެ.  

ރާއްޖޭގައިވެސް މިހާރު ދަނީ މި ކަރަންސީ ބޭނުންކުރަމުންނެވެ. އެ ކަރަންސީ ބޭނުންކުރަން ފަށާފައިވަނީ ރާއްޖޭގައި ހިންގާ ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި ސައި ލެގޫން މޯލްޑިވްސް އިން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް