ads
ހިމޮއިންސާ ބްރޭންޑް ރާއްޖެއަށް ރަސްމީކޮށް ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން——
"ހިމޮއިންސާ" ބްރޭންޑް ރާއްޖެއަށް ރަސްމީކޮށް ތައާރަފުކޮށްފި
ޖެނެރޭޓަރު އަދި ހަކަތަ އުފެއްދުމާއި ގުޅުންހުރި ސާމާނު އުފެއްދުމަށް ހާއްސާ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްކަމަށްވާ "ހިމޮއިންސާ" ބްރޭންޑް ރާއްޖެއަށް ރަސްމީކޮށް ތައާރަފުކޮށްފި އެވެ.

ރާއްޖެއަށް މި ބްރޭންޑުގެ ސާމާނު އެތެރެކޮށް މާކެޓްކުރަނީ ޕްރައިމް އެންޓަޕްރައިސަސް އިންނެވެ.

1982 ވަނަ އަހަރު ސްޕެއިންގައި ވުޖޫދަށްއައި ހިމޮއިންސާ އަކީ ޖަޕާނުގެ މަޝްހޫރު ޔަންމާ ކުންފުނީގެ 70 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.  ހިމޮއިންސާއަކީ ހަކަތަ އުފެއްދުމަށް ބޭނުންވާ ޖަނަރޭޓަރާއި، ޕެނެލް ބޯޑް ފަދަ ސާމާނު އަމިއްލައަށް ފަރުމާކޮށް އުފައްދާ ކުންފުންޏެކެވެ. މީގެ ތެރޭގައި ޑީސަލް ޖެނެރޭޓަރާއި ގޭސް ޖެނެރޭޓަރުގެ އިތުރުން ލައިޓިންގް ޓަވަ ހިމެނެއެވެ. އިރުގެ އަލިން ކަރަންޓް އުފައްދާ ނެޓްވޯކްތަކަށް ބޭނުންކުރެވޭ ހައިބްރިޑް ޖަނަރޭޓަރު އުފެއްދުމުގެ އިތުރުން ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށް ޑިޒައިންކޮށް ޖަނެރޭޓަރު ފަރުމާކޮށްދިނުމަކީވެސް ހިމޮއިންސާއިން ދެމެދުންގެންދާ ހިދުމަތެކެވެ.

ހިމޮއިންސާ ބްރޭންޑް ރާއްޖޭގައި ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްރައިމް އެންޓަޕްރައިސަސްގެ ޑިރެކްޓަރު ނިޔާޒު އިބްރާހިމް ވިދާޅުވީ މި ބްރޭންޑްގެ ޖެނެރޭޓަރު 2020 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފްކުރެވިފައި ވީނަމަވެސް ރަސްމީގޮތުން ލޯންޗިން ލަސްވެގެންދިޔައީ ކޮވިޑްގެ ސަބަބުން ދަތުރުފަތުރުކުރުމާއި ހަފްލާތައް ބޭއްވުމަށް އޮތް ހުރަސްތަކުގެ ސަބަބުންކަމަށެވެ. 

ނިޔާޒު ވިދާޅުވީ ހިމޮއިންސާ ބްރޭންޑްގެ ޖެނެރޭޓަރު ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ދިވެހި ރާއްޖޭގެ މާހައުލުގައި ނުވަ އަހަރު ވަންދެން ބޭނުންކުރުމަށްފަހު ފުރިހަމަ އިތުބާރާއި ޔަގީންކަމާއި އެކު ކަމަށެވެ. 

ޕްރައިމް އެންޓަޕްރައިސަސް އިން ވަނީ ރާއްޖޭގެ މާކެޓަށް ހާއްސަކޮށްގެން އޮޑިދޯނިފަހަރުގައި ބޭނުންކުރުމަށް ހިމޮއިންސާ ބްރޭންޑްގެ މެރިނައިޒްޑް ޖެނެރޭޓަރު ވެސް ތައާރަފްކޮށްފައެވެ. ހިމޮއިންސާ މެރިނައިޒްޑް ޖެނެރޭޓަރު އިތުރު މޮޑިފިކޭޝަނަކާ ނުލާ އޮޑިދޯނުފަހަރުގައި ބޭނުންކުރެވޭނެއެވެ. 

"ކުންފުނީގެ ފުރިހަމަ ވޮރަންޓީއާއި އެކީ މޫދު ލޮނު ބޭނުންކޮށްގެން ޖަނެރޭޓަރު ފިނިކުރެވޭނެގޮތަށް ފަރުމާކުރެވިފައިވާ އިތުބާރުކުރެވޭ ޖެނެރޭޓަރު އެއްލިބެން ހުރުމަކީ އޮޑިވެރިންނަށް ލިބިގެންދާނެ ހިތްހަމަޖެހުމެއް" ނިޔާޒު ވިދާޅުވިއެވެ.

ހިމޮއިންސާ ބްރޭންޑް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިމޮއިންސާ މިޑްލް އީސްޓްގެ ޖެނެރެލް މެނޭޖަރު ޑެނިއަލް ކްރޮސަން ވިދާޅުވީ ހިމޮއިންސާއިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންގެ އިތުބާރު ހިފޭ ފުރިހަމަ ހިދުމަތެއް ފޯރުކޮށް ދިނުމަށްކަމަށެވެ. މީގެ އިތުރުން ޑެނިއަލް ވިދާޅުވީ ހިމޮއިންސާއިން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ބޭނުންވާގޮތަށް ޖަނަރޭޓަރާއި، ބޭނުންވާ އެހެނިހެން ސާމާނު ފަރުމާކޮށްދީ، ކަސްޓަމަރުންނަށް ދިމާވާ އެންމެހާ މައްސަލަތައް ހައްލުކޮށްދިނުމަށެވެ.

ރާއްޖޭގައި ހިމޮއިންސާ ބްރޭންޑްގެ ބާވަތްތައް ލިބެން ހުންނާނީ ޕްރައިމް އެންޓަޕްރައިސަސް އިން ހިންގާ ޝޯރޫމް، ޕްރައިމް ޕަވަ އިންނެވެ. ޕްރައިމް އެންޓަޕްރަސަސްގެ އިތުރުން ރާއްޖޭގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަމުގެ ސާމާނު ވިއްކާ ޕްރައިމް ފާރޓިލައިޒަސް އާއި ޕެސްޓް ކޮންޓްރޯލްގެ ހިދުމަތް ފޯރުކޮށްދޭ ޕްރައިމް އެންވަޔަމަންޓަލް ސާވިސަސްގެ ހިދުމަތްތައް ރާއްޖޭގައި މާކެޓް ކުރަމުންދަނީ "ޕްރައިމް މޯލްޑިވްސް" ނަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް