ads
އަނަންޔާ---
އަނަންޔާ 4 ވަނަ ފަހަރަށް އެންސީބީއަށް
ޝާހްރުކް ހާންގެ ދަރިފުޅު އާރިޔާން ހާންގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ވަނީ އެކްޓަރު ޗަންކޭ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕާންޑޭ އެންސީބީއަށް ހާޒިރުކޮށް މިމަހުގެ 21 ވަނަ ދުވަހުވެސް އަދި 22 ވަނަ ދުވަހުވެސް ސުވާލުކޮށްފައެެވެ.

ހަބަރުތައް ބުނާގޮތުން މިމަހުގެ 23 ވަނަ ދުވަހު ވެސް އަދި އޭގެފަހުން ހަތަރު ވަނަ ފަހަރަށް އިއްޔެވެސް އޭނާ ގެންގޮސް ވަނީ ސުވާލުކޮށްފައެވެ.

އިއްޔެ އޭނާ އެންސީބީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ޝައްކުކުރެވޭ ޓްރާންސެކްޝަންތަކާއި ގުޅިގެން ކަމަށް ވެެއެވެ. މީގެ ކުރީ ފަހަރުތަކުގައި އޭނާ ވަނީ ވަޓްސް އެޕުން އާރިޔާން އާއި ދައްކާފައި ހުރި ވާހަކަތަކަކީ ވެސް މަޖާކަމަށާއި އަދި ވީޑަކީ މަސްތުވާ އެއްޗެއްކަމެއް ނޭނގޭކަމަށް ވެސް ބުނެފައެވެ.

ނަމަވެސް މިހާރު ހަބަރުތައް ބުނާގޮތުން އިއްޔެ އޭނާ ވަނީ މަސްތުވާތަކެތި އާރިޔާންއަށް ސަޕްލައި ކޮށްދޭ މީހަކު އެނގޭކަމަށް ބުނެފައެވެ. 

އަނަންޔާ އާ އެންސީބީން ވަނީ ޑްރަގު ސަޕްލައި ކުރާ ގޮތުން ފެށިގެން ޑްރަގު ޑީލްތައް ހަދާ ދުވަސްވަރާ ބެހޭ ގޮތުން ވެސް ސުވާލުކޮށްފައިވާ ކަމަށް ވެއެވެ.

އާރިޔާން އާއި އަނަންޔާ ކުރިން ވަނީ ޑޭޓުކޮށްފައި ކަމަށް ވެެެއެވެ.

އެންސީބީގެ ބެލުމުގެ ދަށަށް އާރްޔަން މިމަހުގެ ދެ ވަނަ ދުވަހު ގެނެވިފައިވަނީ މުމްބައީ ބޭރުގައި އޮތް ކްރުޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށެވެ. އާރިޔަން އާއެކު އަށް މީހަކު ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފަ އެވެ.

އާރިޔާންގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް ވެސް ދަންމާލާފައިވާއިރު މިހާރު މިމަހުގެ 30ގެ ނިޔަލަށް އަނެއްކާ ވެސް ވަނީ ބަންދުގެ މުއްދަތު އިތުރު ކޮށްފަ އެވެ.

އާރިޔާން ވަނީ ހަތަރު އަހަރު ވަންދެން މަސްތުވާ ތަކެތި ބޭނުން ކުރި ކަމަށާއި، ކިޔަވަން އެމެރިކާ އާއި، ދުބާއީ އަދި އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގައި އުޅުނުއިިރުވެސް މަސްތުވާތަކެތި ބޭނުން ކޮށްފައިވާ ކަމަށް އެއްބަސްވެފައެވެ. 

އާރިޔަން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސް އެކްޓްގެ 27 ވަނަ ސެކްޝަންގެ ދަށުންނެވެ. އާރިޔަން އަށް ކުރެވޭ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރުގެ ހުކުމެއް އައުން އެކަށީގެންވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް