ads
ކްރިސްޓިއާނޯ ރޮނާލްޑޯ
މިއީ ހައްގު މިންވަރެއް ނޫން
އިންގްލިޝް ޕްރިމިއަރ ލީގުގައި، އަމިއްލަ ދަނޑުގައި ވާދަވެރި ލިވަޕޫލް އަރުން ފަސް ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުން ބަލިވުމަކީ ހައްގު މިންވަރު ނޫން ކަމަށް ޔުނައިޓެޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޕްރިމިއަރ ލީގުގައި ޔުނައިޓެޑު އާދިއްތަ ދުވަހުގެ ރޭވަނީ ލިވަޕޫލް އަތުން ފަސް ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުން އަމިއްލަ ދަނޑުގައި ބަލިވެފައެވެ. މި ބައްޔަށް ފަހު ރޮނާލްޑޯ ފޭސްބުކްގައި ބުނެފައިވަނީ އެއީ ހައްގު މިންވަރު ނޫން ކަމަށެވެ.

މިއީ އަހަރުމެން ބޭނުންވި ނަތީޖާއެއް ނޫން. މިކަން އެހެން ބައެއްގެ ބޮލުގައި އެޅުވޭކަށް ނެތް، މިއީ ހަމަ ސީދާ އަހަރުމެން ޒިންމާ ނަގަން ޖެހޭ ކަމެއް. ސަޕޯޓަރުން ދިޔައީ ވަރަށް ފުރިހަމައަށް އެ މީހުންގެ ޒިންމާ އަދާކުރަމުން. އެހެންކަމުން މިއީ ސަޕޯޓަރުންނަށް ހައްގު މިންވަރެއް ނޫން.

އާދިއްތަ ދުވަހު ލިވަޕޫލުންވަނީ ފުރަތަމަ ހާފުގެ ތެރޭގައި ޔުނައިޓެޑު ކޮޅަށް ފަސް ލަނޑު ޖަހާފައެވެ. އަދި ދެވަނަ ހާފުގައި އިތުރު ލަނޑެއް ލިވަޕޫލުން ޖެހިއެވެ. ލިވަޕޫލުގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑަކީ މުހައްމަދު ސަލާހު ޖެހި ތިން ލަނޑެވެ. ޔުނައިޓެޑު ކޮޅަށް ޖެހި ފަސް ލަނޑާއެކު ލިވަޕޫލަށްވަނީ ޖުމްލަ އެކާވީސް ޕޮއިންޓް ލިބިފައެވެ.

78%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް