ads
ގައުމީ ތަރައްގީއާ ތަރިކަ ކޮމިޓީގެ ބައްދަލުވުމެއް----
ޓެނަންސީ ބޯޑު އުނިކޮށް ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލު ފާސްކޮށްފި
ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލުން ޓެނަންސީ ބޯޑު އެކުލަވާލަންޖެހޭ ގޮތަށް އޮތްބައި އުނިކޮށް ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރެވެ.

ބިލު އެންމެ ފުރަތަމަ މެމްބަރު ހުށަހެޅި އިރު އޮތީ މުޅި ރާއްޖޭގައި ދިރިއުޅުމަށް ކުއްޔަށް ދިނުމަށް ހުއްދަ ދޫކޮށްފައިވާ ތަންތަނުގެ ދަފްތަރެއް، ބަލަހައްޓާނެ ޓެނެންސީ ބޯޑެއް އެކުލަވާލާ ގޮތަށެވެ. އަދި އެ ބޯޑަށް ގިނަ ޒިންމާތަކެއް ލިބޭ ގޮތަށެވެ.

އޭގެތެރޭގައި ތަނެއް ކުއްޔަށް ދޫކުރާތާ ތިން ދުވަހުގެ ތެރޭގައި ޓެނެންސީ ބޯޑަށް އަންގަން ޖެހޭ ގޮތަށާއި، ދަފްތަރުގެ މައުލޫމާތު ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނަކުން އެންމެނަށް ފެންނާނެގޮތް ހަދަން ޖެހޭނެ ކަމަށް ބިލުގައި އޮތެވެ. އަދި ޑިޕޮސިޓްގެ ގޮތުގައި ނަގާ ފައިސާ ޖަމާކުރަންވާނީ ވެސް އެ ބޯޑުން ކަނޑައަޅާ އެކައުންޓަކަށް ކަމަށާއި ކުލީގެ އެއްބަސްވުން ނިމުމަކަށް އައުމުން، އެއްބަސްވުމުގައި ހިމެނޭ ދެފަރާތުން ހުށަހަޅާ ކަންކަމަށް ބެލުމަށް ފަހު ޑިޕޮސިޓް ފައިސާ ދޫކުރާނީ ވެސް އެ ބޯޑުން ކަމަށް ބިލުގައި ވެއެވެ. 

ނަމަވެސް ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން މި ބިލު ދިރާސާކޮށް މަޖިލީހަށް ފޮނުވާފައިވަނީ ގިނަ އިސްލާހްތަކަކާއިއެކު ބިލަށް ބޮޑު ބަދަލުތަކެއް ގެނެސްފައެވެ. 

އެގޮތުން ޓެނެންސީ ބޯޑުގެ ބައިތައް އެ ބިލުން އުނިކޮށްފައިވާއިރު އެ ބޯޑާ މަތިކޮށް ހަވާލުކުރަންޖެހޭ ގޮަތަށް ބިލުގައި އޮތް ޒިންމާތައް މިހާރު ހަވާލުކޮށްފައި ވަނީ ހައުސިން މިނިސްޓަރާ އެވެ. އަދި ކުއްޔަށްދިނުމަށް ހުއްދަ ދޫކޮށްފައިވާ ތަންތަނުގެ ދަފްތަރު އެކުލަވާލަން ޖެހޭގޮތަށް އޮތީ މިނިސްޓްރީންނެވެ. 

އިސްލާހްކޮށް މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ވާގޮތުން ޑިޕޮސިޓް ފައިސާ ޖަމާކުރަން ޖެހޭނީ ކުރިންވެސް އޮންނަ ގޮތަށް ކުއްޔަށް ދޭ ފަރާތުން ކަނޑައަޅާ އެކައުންޓަކަށެވެ.

މި އިސްލާހުތަކާއިއެކު މިއަދުގެ މަޖިލީހުން މި ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެމްބަރުންގެ އިއްތިފާގުންނެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް