ads
ސެމްސަންގް ގެލަކްސީ އެސް11 މި އަހަރު ފެބްރުއަރީ 11 ގައި ނެރެނީ
ސެމްސަންގް ގެލަކްސީ އެސް11، ފެބްރުއަރީ 11 ގައި
ގެލަކްސީ އެސް11 އަށް ކުރި އިންތިޒާރު ނިމުމަކަށް އަންނަނީ އެވެ. ސެމްސަންގް "އަންޕެކްޑް" ހަފުލާ އޮންނަ ތާރީޚު ރަސްމީކޮށް ވަނީ އިއުލާންކޮށްފަ އެވެ. މި ފޯނަށް އިންތިޒާރުކޮށްގެން ތިބި މީހުންނަށް، ފެބްރުއަރީ 11، ވަރަށް މުހިންމު ދުވަހަކަށް ވާނެ އެވެ.
ގެލަކްސީ އެސް11 އަށް ކުރި އިންތިޒާރު ނިމުމަކަށް އަންނަނީ އެވެ. ސެމްސަންގް "އަންޕެކްޑް" ހަފުލާ އޮންނަ ތާރީޚު ރަސްމީކޮށް ވަނީ އިއުލާންކޮށްފަ އެވެ. މި ފޯނަށް އިންތިޒާރުކޮށްގެން ތިބި މީހުންނަށް، ފެބްރުއަރީ 11، ވަރަށް މުހިންމު ދުވަހަކަށް ވާނެ އެވެ.

މި އަހަރު ފެބްރުއަރީ 11 އަށް ރަމްޒުކުރުވޭ ގޮތަށް ގެލަކްސީ އެސް11 ނެރޭނެ ކަމަށް ބުނެވުނު ނަމަވެސް، ގެލަކްސީ މަރުކާގެ ފޯނުތަކަށް ނަންކިޔާ ގޮތް ސެމްސަންގުން ބަދަލުކުރާ ވާހަކަވެސް ވަނީ ދެކެވިފަ އެވެ. އެހެން ނަމަވެސް، ފެބްރުއަރީ 11 ގައި އެސް11 ނެރޭ ގޮތަށް ހަމަޖައްސާފައި ވާ ނަމަ ބެލެވެނީ ގެލަކްސީ އެސް މަރުކާގެ ފޯނުތަކުގެ ނަންތައް ބަދަލުކުރުން އަދި އޮތީ ކަމަށެވެ.

ގެލަކްސީ އެސް11 އަށް ނިސްބަތްކޮށް މި އަހަރު ތިން މޮޑެލެއް ނެރޭނެ އެވެ. މިކަން މިހާރު ވެސް ވަނީ ކަށަވަރުވެފަ އެވެ. މިއިން ކޮންމެ ފޯނެއްގައި 5ޖީ މޯޑެމެއް ހިމެނޭ ކަމަށް ތަފުސީލުތަކުން އެނގެ އެވެ. މީގެ މާނަ އަކީ އެސް11ގެ ވަކި މޮޑެލްއެއް 5ޖީ ފޯނެއް ގޮތުގައި ޚާއްސަނުވުމެވެ.

ސެމްސަންގުން މި ހަފުލާ ފެބްރުއަރީ މަހަށް ޚާއްސަކުރީ ފާއިތުވި އަހަރުތަކާ އެއްގޮތްކުރަން ކަމަށް ބެލެވެ އެވެ. ސެމްސަންގް "އަންޕެކްޑް" ހަފުލާ އަކީ ކޮންމެ ދުވަސްވަރެއްގައި ބޭއްވި ނަމަވެސް، ސެމްސަންގްގެ އުފެއްދުންތަކަށް ޚާއްސަ ހަފުލާއެކެވެ.

ސެމްސަންގް "އަންޕެކްޑް 2020" ގެލަކްސީ ފޯލްޑް 2 ނެރެފާނެ ކަމަށް ބެލެވުނު ނަމަވެސް، މި ފޯނު އާންމުކޮށް ދައްކާލަން ވަކި ތާރީޚެއް ސެމްސަންގުން އަދި ހަމައެއް ނުޖައްސަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް