ads
އައިޖީއެމްއެޗް
އެއް އަހަރުތެރޭ ސްޓްރޯކް ޖެހިގެން 626 މީހަކަށް ފަރުވާދީފައިވޭ
ފާއިތުވި އެއް އަހަރުތެރޭ ޖުމްލަ 626 މީހަކަށް ސްޓްރޯކް ޖެހިގެން އައިޖީއެމްއެޗުން ފަރުވާދީފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ދުނިޔޭގައި ފާހަގަކުރާ ސްޓްރޯކް ބަލީގެ ދުވަހާއި ގުޅިގެން އެ ހޮސްޕިޓަލުން އާއްމުކޮށްފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު، އައިޖީއެމްއެޗް ހޮސްޕިޓަލްގައި ހުޅުވާފައިވާ ސްޓްރޯކް ސެންޓަރުން  2020ވަނަ އަހަރުގެ ސެޕްޓެންބަރު 27 އިން ފެށިގެން މިއަހަރުގެ މިހާތަނަށް 626 މީހަކަށް ސްޓްރޯކް ކްލިނިކުން ހިދުމަތް ދީފައިވެއެވެ. އަދި 2020ވަނަ އަހަރުގެ އޮކްޓޫބަރު 17 އިން މިއަހަރުގެ އޮކްޓޫބަރު 25ވަނަ ދުވަހުގެ ނިޔަލަށް 291 މީހަކަށް ފަރުވާދީފައި ވެއެވެ.

ސްޓްރޯކް ސެންޓަރަކީ ސްޓްރޮކްޖެހިގެން އެ ހޮސްޕިޓަލަށް ގެންނަ ފަރާތްތަކަށް ލިބެންޖެހޭ ފަރުވާ ވީހާވެސް އަވަހަށް ފޯރިކޮށް ދިނުމަށް ހާއްސަކޮށްފައިވާ ސެންޓަރެކެވެ. 

އެ ސެންޓަރުން ހިދުމަތް ދިފައިވާ ބަލިމީހުންގެ ތެރެއިން އެންމެ ގިނަ މީހުން ފަރުވާ ހޯދާފައި ވަނީ ސިކުނޑިއަށް ޖެހޭ ސްޓްރޯކްގެ ބާވަތެއް ކަމަށްވާ އިސްކީމިކް ސްޓްރޯކަށެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ސިކުނޑިއަށް ޖެހޭ ހެމޮރެޖިކް ސްޓްރޯކަށެވެ.

އިސްކީމިކް ސްޓްރޯކަށް އެ ސެންޓަރުން 210 މީހަކަށް  ފަރުވާދީފައިވާއިރު، ހެމޮރެޖިކް ސްޓްރޯކަށް 44 މީހަކަށް ވަނީ ފަރުވާދީފައެވެ. 

ސްޓްރޯކް ޖެހުމުން ސިއްހީ ފަރުވާ އަވަހަށް ދެވިއްޖެކަމުގައި ވާނަމަ ފުރާނަ ސަލާމަތްވެ އަވަހަށް ބަލިން ފަސޭހަވުމަށް މަގުފަހިވެގެންދެއެވެ. ކުއްލިއަކަށް މިފަދަ އަލާމާތެއް ފެނިއްޖެނަމަ އަވަސް ފަރުވާ ހޯދުމަށް ޑޮކްޓަރުން އިލްތިމާސްކުރެއެވެ. އައިޖީއެމްއެޗުގެ ސްޓްރޯކް ސެންޓަރަށް އަވަސް ފަރުވާއަށް ގުޅާ ނަންބަރަކީ 102 އެކެވެ. 

ސްޓްރޯކްގެ އަލާމަތްތައް

  1. އަނގަ އޮރިދެމުން
  2. އަތުގެ ވާގިނެތުން
  3. ވާހަކަ ދައްކަން އުނދަގޫވުން

ދުނިޔޭގައި ފާހަގަކުރާ ސްޓްރޯކް ބަލީގެ ދުވަސް ފާހަގަކުރަނީ މިއަދުއެވެ. މިއަހަރުގެ މިދުވަހުގެ ޝިޔާރަކީ "މިނެޓްސް ކެން ސޭވް ލައިވްސް" އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް