ads
ލޯފަން މީހުންގެ ޖަމިއްޔާގެ އަހަރީ ކޭމްޕަގެ ހަރަކާތެއްގެ ތެރެއިން
ލޯފަންމީހުންގެ ޖަމިއްޔާއިން ލޭ ހަދިޔާ ކުރަނީ
ލޯފަން މީހުންގެ ޖަމިއްޔާ ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔާޑް ސޮސައިޓީ އޮފް މޯލްޑިވްސް ގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އެޖަމިއްޔާގެ މީޑިޔާ ކޯޑިނޭޓަރު އަބްދުﷲ ޒިޔާއު ސީއެންއެމްއަށް ވިދާޅުވީ އެހަރަކާތަތައް މިއަދު ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި އެކަން ކުރަން ނިންމީ އެޖަމިއްޔާގެ ފަރާތުން މުޖުތަމައު އަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނުމަށްފަހު ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަކީވެސް އެހީތެރިކަން ބޭނުންވާ ބައެއް . ދެން އަޅުގަނޑުމެން ވިސްނީ އަޅުގަނޑުމެންނަށް މުޖުތަމައު އަށް ކޮށްދެވޭނީ ކޮންކަމެއްތޯ . އެގޮތަށް ވިސްނާފަ ހިންގާ ޕްރޮގްރާމެއް މީ" ޒިޔާއު ވިދާޅުވިއެވެ. 

އެޖަމިއްޔާއިން ބުނީ ކޮންމެ އަހަރަކުވެސް އެ ޖަމިއްޔާއިން އަހަރީ ކޭމްޕެއް ބާއްވާ ކަމަށެވެ. އެގޮތުން މިފަހަރު މިއީ އޭގެ ފަސްވަނަ ފަހަރުކަމަށްވެސް ޖަމިއްޔާއިން ބުނެއެވެ. 

މިއަހަރުގެ ކޭމްޕްގައި ރާވާފައިވާ ކަންތައް ތަކުގެ ތެރޭގައި ލޭހަދިޔާ ކުރުމުގެ އިތުރުން ލޯފަންކުދިންނަށް ހާއްސަ ފުޓްބޯޅަ ކުޅުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. ޒިޔާއު ވިދާޅުވީ މިއީ ރާއްޖޭގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރު ކަމަށެވެ. 

your imageއަހަރީ ކޭމްޕްގެ ތެރެއިން

" ލޯފަން ކުދިން ކުޅެން ހާއްސަ ބޯޅައެއް . އެ ބޯޅައިން އިއްޔެ ކުދިން ފުޓްބޯޅަކުޅުމާއި، ޕެނަލްޓީ ޖެހުމާ އެކަހަލަ ކަންކަން ކުރިއަށް ގެންދިޔައީ" ޒިޔާއު 

އެޖަމިއްޔާއިން މިއަހަރު ކުރިއަށް ގެންދަން ނިންމާފައިވަ ހަރަކާތްތަކުގެ ތެރެއިން މާދަމާ އޮންނާނީ ޖެންޑާ މިނިސްޓްރީ އާއި ވޮލެންޓިއަރުން ގުޅިގެން އެކޮމިއުނިޓީއަށް ބާއްވާ ލީޑާޝިޕް ޓްރެއިނިން ޕްރޮގްރާމެކެވެ. ހޯމަ ދުވަހަށް ތާވަލު ކޮށްފައިވަނީ ކުއްލި ކާރިސާއެއްގައި ލޯފަންމީހުން ހަރަކާތްތެރިވާނެ ގޮތާބެހޭގޮތުން މައުލޫމާތު ދިނުމެވެ. މިސެޝަން ކުރިއަށްދާނީ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރާ ގުޅިގެންނެވެ. 

އަދި މީގެ އިތުރުން މަންތާ އެއާއާ ގުޅިގެން މަތިންދާ ބޯޓުގައި ހަރަކާތްތެރިވާނެ ގޮތާއި، އިމަޖެންސީ ހާލަތެއް ބޯޓުތެރޭގައި ދިމާވެއްޖެނަމަ ފެނުމުން މަހުރޫމު ވެފައިވާ މީހުން ކަންކަން ކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ކުރިއަށްދާނެ ކަމަށްވެސް އެޖަމިއްޔާއިން ބުނެއެވެ. 

މިއަހަރުގެ ކޭމްޕަށް ޔޫތުމިނިސްޓްރީގެ އެހީތެރިކަމާއެކު އެޖަމިއްޔާގެ 22 މީހުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުން ގެނެސްފައެވެ. ޖަމިއްޔާއިން ބުނީ މިހަރަކާތުގެ އެންމެ ފަހު ދުވަހަު އޮންނާނީ މޯލްޑިވްސް ރެޑްކްރެސެންޓާ ގުޅިގެން ބާއްވާ ފަސްޓްއެއިޑް ޓްރެއިނިން ޕްރޮގްރާމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް