ads
ޝަހީދު ހުސެއިން އާދަމުގެ ހަނދާނުގައި ބޭއްވި ތަމްސީލް މުބާރާތް..ފޮޓޯ/ކުޅުދުއްފުށި ސިޓީ ކައުންސިލް
ޝަހީދު ހުސެއިން އާދަމްގެ ހަނދާންތައް އުފަން ފަސްގަނޑުން!
ޝަހީދު ހުސެއިން އާދަމްގެ ހަނދާންތަކާއި ހިދުމަތްތައް ސްޓޭޖް ތަމްސީލް ތަކަކުން ދައްކުވައިދީ ޒިކުރާތައް އާކޮށްފިއެވެ.

ހދ. ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލާއި ސިޓީ ކައުންސިލް ގުޅިގެން މި އަހަރުގެ ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަމުންދާއިރު ރޭ ވަނީ އެ ސިޓީގެ ތިން ސްކޫލެއްގެ ތަފާތު ތިން ތަމްސީލެއް ދައްކުވައިދީފައެވެ.

މުބާރާތެއްގެ ގޮތަށް ކުރިއަށް ގެންދެވުނު އިރު ޖަލާލުއްދީން ސްކޫލް އާއި އަފީފުއްދީން ސްކޫލް އަދި ހދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ތަމްސީލް ހުށަހަޅާދީފައެވެ. ފަނޑިޔާރުންގެ މޭޒުން އެންމެ މަތިން މާކްސް ލިބިގެން އެއް ވަނަ ލިބުނީ ހދ. އަތޮޅު ތައުލީމީ މަރުކަޒުން ހުށަހެޅި ޑްރާމާ އަށެވެ.

your imageޝަހީދު ހުސެއިން އާދަމުގެ ހަނދާނުގައި ބޭއްވި ތަމްސީލް މުބާރާތް..ފޮޓޯ/ކުޅުދުއްފުށި ސިޓީ ކައުންސިލް

ނަސްރުގެ ދުވަހާއި ގުޅުވައިގެން ބޭއްވުނު ސްޓޭޖް ތަމްސީލް މުބާރާތާ ބެހޭގޮތުން އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ސީއެންއެމްއަށް ވިދާޅުވީ، ރޭ ކުރިއަށް ގެންދެވުނު ތަމްސީލް މުބާރާތުގައި ވެސް ތިން ސްކޫލުގެ ފުރިހަމަ އެއްބާރުކުން ލިބިގެންދިޔަ ކަމަށެވެ.

މި ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކަށް ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާކަން ފާހަގަކޮށް ނާސިހާ ވިދާޅުވީ، މި މުބާރާތުން އެއްވަނަ އަށް ހޮވުނު ސްކޫލްގެ ތަމްސީލް މާދަމާ އޮންނަ ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި އަނެއްކާވެސް ހުށަހަޅާނެ ކަމަށެވެ.

ނާސިހާ ވިދާޅުވީ، މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ނަސްރުގެ ދުވަސް ގުޅިފައިވަނީ ކުޅުދުއްފުއްޓަށް ކަމަށް ވުމުގެ އިތުރުން، ނަސްރުގެ ދުވަހުގެ ހާއްސަކަމާއި، މި ދުވަހުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދީ، ގައުމިއްޔަތުގެ ރޫހް ދަރިވަރުންގެ ހިތްތަކުގައި ދިރުވާ އާލާކުރުން ކަމަށެވެ.

މި މުބާރާތުގެ އިތުރުން ދުވަހާ ގުޅުވައިގެން ޕޯސްޓަރު ކުރުހުމުގެ މުބާރާތެއް ވެސް ވަނީ ކުރިއަށް ގެންދެވިފައެވެ. އެ މުބާރާތުން ވަނަ ވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމު ދިނުން ވެސް މާދަމާ އޮންނަ ޖަލްސާގެ ތެރެއިން ކުރިއަށްދާނެ ކަމަށް ނާސިހާ މައުލޫމާތުދެއްވިއެވެ.

your imageޝަހީދު ހުސެއިން އާދަމުގެ ހަނދާނުގައި ބޭއްވި ތަމްސީލް މުބާރާތް..ފޮޓޯ/ކުޅުދުއްފުށި ސިޓީ ކައުންސިލް

ޖަލްސާ އަށް ފަހު މާދަމާ ހަވީރު ކުޅުދުއްފުށީ ކުދި ބޮޑު އެންމެން ޝާމިލުވާ ބޮޑު ހިނގާލުމެއް އޮންނާނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ގައުމު ރަމްޒުކޮށްދޭ ކުލައެއްގެ ހެދުމެއް ލައިގެން ހިނގާލުމުގައި ބައިވެރިވަޑައިގަތުމަށް ނާސިހާ އެދިވަޑައިގެންނެވިއެވެ.

އަފީފުއްދީން ސްކޫލުން އިސްނަގައިގެން ކުޅުދުއްފުށި ސިޓީ ކައުންސިލާ ގުޅިގެން މިފަދަ ގޮތަކަށް ނަސްރުގެ ދުވަސް އެ ސިޓީގައި ފާހަގަކުރާ މިއީ ފުރަތަމަ ފަހަރެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް