ads
އެމްއޭސީއެލްގެ އެމްޑީ އަދި ސީއީސޯ ގޯޑަން ސްޓުވާޓް--
އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީކަމުން ގޯޑްން ވަކިކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު (ސީއީއޯ އަދި އެމްޑީ) ގެ މަގާމުން ގޯޑްން އެންޑްރޫ ސްޓުވާޓް ވަކިކޮށްފި އެވެ.

އެ ކުންފުނިން އެކަން ހާމަކޮށް ނެރުނު ސާކިއުލާއެއްގައި ބުނީ ގޯޑްން ވަކިކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނިންމަވައި އަންގަވާފައިވާ އެންގެވުމާ އެއްގޮތްވާގޮތުގެ މަތީން، މިއަދު ކަމަށެވެ.

މި ބަދަލާއިއެކު، މިއަދުން ފެށިގެން ކުންފުނި ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެވަޑައިގަންނަވާނީ ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހިމް ތާހާ އެވެ. ގޯޑަން ވަކިކުރި ސީދާ ސަަބަބެއް އެކުންފުނިން ހާމައެއް ނުކުރެއެވެ. އޭނާ އެމަގާމަށް އަންޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެެވެ. 

ގޯޑަން އަކީ އޭވިއޭޝަން އެންޑް ޓްރާންސްޕޮޓޭޝަން އިންޑަސްޓްރީގައި 30 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭގެ ތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަސް ގޯޑަން ހޭދަކުރައްވާފައިވަނީ އެގްޒެކެޓިވް އަދި ބޯޑު ފެންވަރުގެ މަގާމުތަކުގައެވެ.

ގޯޑަން އޭނާގެ މަގާމުން ވަކިކޮށްފައި މިވަނީ އާ ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ) ގެ މަގާމަށް އިނގިރޭސި ވިލާތަށް ނިސްބަތްވާ ޑެރެން ވިލިއަމްސް މިއަދު ހަމަޖައްސަވާފައިވާ ދަނޑިވަޅެއްގައެވެ. ވިލިއަމްސް އެމްއޭސީއެލްގެ ސީއޯއޯގެ މަގާމަށް އައްޔަންކުރައްވާފައިވާތީ މިއަދު ވަނީ އޮފީހަށް ނިކުމެވެވަޑައިގެންފައެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް