ads
މުހައްމަދު ރަޝީދު(ކޮޕީ ރަޝީދު)…
ސްޓްރޯކެއްޖެހި އައިސީޔޫގައި ފަރުވާދެމުންދިޔަ ކޮޕީ ރަޝީދު އަވަހާރާވެއްޖެ
އުމުރުން 18 އަހަރުގައި ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވަދެވަޑައިގެންނެވި މުހައްމަދު ރަޝީދު (ކޮޕީ ރަޝީދު) އަށް ސްޓްރޯކެއް ޖެހި އޭޑީކޭގައި ފަރުވާދެމުންދަނިކޮށް އަވަަހާރާވެއްޖެ އެވެ.

އޭނާގެ ދަރިކަލުން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) "ސީއެންއެމް" އަށް މިއަދުގެ ވަގުތެއްގައި މައުލޫމާތު ދެމުން ބައްޕަގެ ހާލުކޮޅު ވަރަށް ސީރިއަސް ކަމަށް ބުނެފައިވެއެވެ.

އިސްމާއިލް ރަޝީދު ބުނީ، މީގެ ދެ އަހަރު ކުރިން ވެސް ސްޓްރޯކެއް ޖެހުނު ކަމަށާއި ރޭ އަނެއްކާވެސް ދެވަނަ ސްޓްރޯކެއް ޖެހުނީ ކަމަށެވެ. ފުރަތަމަ ސްޓްރޯކަށްފަހު ބައްޕަ ޖިސްމާނީ ގޮތުން ރަނގަޅު ނޫން ކަމަށާއި ނަފްސާނީ ގޮތުން ބައްޕަގެ ހާލު ރަނގަޅު ކަމަށް އޭރު މައުލޫމާތުދީފައިވެއެވެ. 

އުމުރުން 72 އަހަރުގައި ކޮޕީ ރަޝީދު އަވަހާރާވީ އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ދާދި ދެންމެއަކުއެވެ.

ކޮޕީ ރަޝީދަކީ އެކި އެކި ރޮނގުން ދިވެހި ބަހަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ކޮޕީ ރަޝީދަށް ލިބިވަޑައިގަންފައި ވެއެވެ. އޭގެ އިތުރުން ދިވެހި ޅެން ހެދުމުގެ ރޮނގުން 2005 ވަނަ އަހަރު މުހައްމަދު ރަޝީދަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ތަފާތު ދާއިރާތަކުން ޅެން ހައްދަވައި ފޮތް ނެރުއްވި 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށްވެސް ހިދުމަތް ކުރައްވައިފައިވާ އަދި ތަފާތު މަގާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ.

20%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް