
ސާޅީސް ފަސްވަނަ ގައުމީ ފެތުމުގެ މުބާރާތް ކުރިއަށްދާނީ ހުޅުމާލޭ ސްވިމިިން ޕޫލުގައެވެ. ސްވިމިން އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތިުގައި މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މިއަދުން ފެށިގެން މި މަހުގެ ފަންސަވީސްވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތުގައި އޮންނާނީ އަންހެން އަދި ފިރިހެން ވަކިން ދެ ކެޓަގަރީއެއްގެ އިވެންޓްތަކެވެ. އެއީ އޯޕަން ބަޔާއި، ޓީމުތަކުން ވާދަކުރާ ބައެވެ. އޯޕަން ބައިގައި އޮންނާނީ ޚާއްސަ އެހީއަށް ބޭނުންވާ ކެޓަގަރީއާ، ޖޫނިއަރ ކެޓަގަރީގެ އިތުރުން ސީނިއަރ ކެޓަގަރީއާ މާސްޓަރސް ކެޓަގަރީއެވެ.
މުބާރާތުގެ ޓީމްތައް ވާދަކުރާ ބައިން އެއްވަނައަށް އަންނަ ޓީމަކަށް ބާރަ ހާސް ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ. އަދި ދެވަނަ ޓީމަކަށް އަށްހާސް ފަސްސަތޭކަ ރުފިޔާ، ތިންވަނަ ޓީމަށް ހަ ހާސް ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ. އޯޕަން ކެޓަގަރީން އެއްވަނަ އަންހެން އަދި ފިރިހެން ފެތުންތެރިންނަށް ފަނަރަ ސަތޭކަ ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ. ދެވަނަށް ލިބޭނީ އެއްހާސް ރުފިޔާއެވެ. އަދި ތިންވަނަ އަށް ފަސް ސަތޭކަ ރުފިޔާއެވެ.