ads
ފޮޓޯ: އިންސްޓަގްރާމް
މާލެ އައީ ރަށުގައި އުޅޭހިތް ނުވެގެން: ޝިފާ
ޓިކްޓޮކްތަރި އަދި މިހާރު ފިލްމީ ދާއިރާގައިވެސް ހަރަކާތްތެރިވަމުންދާ ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާ އަކީ އާއްމުންނަށް މިހާރު އާއްމު ނަމެއް ނޫނެވެ.

ޓިކްޓޮކްގެ ތެރެއިން އެންމެ ކުޑައިރު އެންމެ ކުރާހިތްވި "އެކްޓިން"ގެ ތެރެއަށް ވެސް ވަދެވި، ރާއްޖޭގެ ފިލްމީ ބޮޑެތި ޑައިރެކްޓަރުންގެ ކަޅިތައް ވެސް އަމާޒުވި ޝިފާ މީގެ ކުރިން އަވަސް އަށް ދިން އިންޓަވިއުއެެއްގައި އޭނާ ވަނީ ބައެއް އޭނާގެ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ. 

ޝިފާ ބުނީ މާލެއައީ އުމުރުން 16 އަހަރުގައި ކަމަށެވެ. އޭރު މާލެ އައީ ރަށުގައި އުޅޭހިތް ނުވެގެން ކަމަށް އޭނާ ބުންޏެވެ. ރަށުގައި އުޅޭހިތް ނުވީ އޭރު ކަންތައްތައް ހުރި ގޮތުން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިހާރު މަންމަ ކައިރަށް ރަށަށް ދާ ހިތްވާކަމަށްވެސް އޭނާ ބުންޏެވެ. 

ޝިފާ ބުނީ މާލެ އައިސް އެންމެ ފުރަތަމަ ވަނީ ނަށާ ގުރޫޕަކަށް ކަމަށާއި، ފިލްމަކުން ފުރުސަތު ލިބުނީ ވެސް އެ ގުރޫޕުގައި އުޅެނިކޮށް ކަމަށެވެ. ފިލްމީ ދާއިރާއަށް ވަދެވުނު ގޮތް ހިއްސާކުރަމުން އޭނާ ބުނީ ފުރަތަމަ ފިލްމުކުޅެން ފުރުސަތެއް ލިބުނީ ފިލުމެއްގެ ޕްރިމިއާ ނައިޓަކަށް އެތަން ބަލާލަން ގޮސް ހިއްޓާ ޔޫއްޕެއަށް ފެނިގެން ކަމަށެވެ.

"އެތަނުން ޔޫއްޕެއަށް ޝިފާ ފެނިގެން ފުރަތަމަ ފިލުމެއްގެ ލީޑަށް ލީ. އެއީ ހަމައެކަނި ފިލްމް ބަލާލަން ދިޔައީ ދެން އެތަނުން ފެނިގެން،" ޝިފާ ބުންޏެވެ.

ޝިފާ ބުނީ ފުރަތަމަ އެ ފުރުސަތު ލިބުނީ އުންމީދު ނުކޮށް ހުރި ދުވަސްކޮޅެއްގައި ކަމުން ކުޑަކޮށް މަންމަ ކައިރީ އެވާހަކަ ބުނަން އުނދަގޫވިކަމަށެވެ. ނަމަވެސް އެހުމުން އެންމެންވެސް އެކަމަށް ހުއްދަދިންކަމަށް ޝިފާ ބުންޏެވެ. އޭރު ޝިފާގެ އުމުރަކީ 17 އަހަރެވެ.

ޝިފާއަށް ފުރަތަމަ ދަރިއަކު ލިބުނީ އުމުރުން 18 އަހަރުގައެެވެ. ޝިފާ ބުނީ އެންމެ އުނދަގޫ ވަނީ ފިރިމީހާ މަރުވެ، ދަރިފުޅާއި ދުރުގައި ހުންނަން ޖެހޭތީ ކަމަށެވެ.

 

ކުލި ދައްކާ ފެން ބިލާއި، އެއްޗެހި އެކަނި ދައްކަންޖެހުމުން، މިހާރު ބޮޑުވެފައިހުރިކަން އިހުސާސްވާ ކަމަށާއި، ކުޑައިރުގައި އެކަހަލަ އެއްވެސް ވިސްނުމެއް ނުހުންނަ ކަމަށް ޝިފާ ބުންޏެވެ. އެހެންނަމަވެސް މިހާރު ވަރަށް ބައިވަރު ކަންތައްތަކާއި ވިސްނާ ވަރަށް ބައިވަރުކަންކަން އަމިއްލައަށް ކުރަންޖެހޭ ކަމަށް ޝިފާ ބުންޏެވެ. 

ޝިފާ ބުނީ ކައިވެނިކޮށްގެން ފިރިމީހާ މަރުވި ހިސާބަކީ އެންމެ އުޅެން އުނދަގޫވި ހިސާބުކަމަށާއި، ފިރިމީހާ މަރުވުމުން އެކަނި މާލޭގައި އުޅުމަށް ފަހު، ރަށަށް ގޮސްފަ އަނެއްކާ މާލެ އައިސް ދަރިފުޅާއި ދުރުގައި އުޅެން ޖެހުމުން މިހާރު ވަރަށް އުނދަގޫވާ ކަމަށެވެ. 

ޝިފާ ބުނީ ފިރިމީހާ މަރުވި ފަހުން ދަރިފުޅު ގެންގުޅެލަން އެއްވެސް ފަހަރަކު ނުލިބޭ ކަމަށެވެ. ޝިފާ ބުނީ ދަރިފުޅު ހުންނަނީ ފިރިމީހާގެ ފެމެލީ މީހުން ކައިރީ ކަމަށެވެ. 

11%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
41%
ވަރަށް ސަލާމް
ކޮމެންޓްސް