ads
"ސްޓްރީޓް ޑާންސާ 3D"ގެ ތިންވަނަ ލަވައިގައި ވާދަވެރިކަމެއް!
ބޮލީވުޑްގެ ކުޅަދާނަ ނެށުންތެރިޔާ ރެމޯ ޑި ސޫޒާގެ ކުރިއަށް އޮތް ފިލްމު "ސްޓްރީޓް ޑާންސާ 3D" ތިން ވަނަ ލަވަ ނެރެފިއެވެ.
ބޮލީވުޑްގެ ކުޅަދާނަ ނެށުންތެރިޔާ ރެމޯ ޑި ސޫޒާގެ ކުރިއަށް އޮތް ފިލްމު "ސްޓްރީޓް ޑާންސާ 3D" ތިން ވަނަ ލަވަ ނެރެފިއެވެ.

އެލަވައިގައި ލީޑުކޮށް ފެނިގެންދަނީ ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރެވެ. "އިލީގަލް ވެޕަން 2.0" ނަމަކަށް ކިޔާ އެ ލަވަ ކިޔާފައިވަނީ ޖޭސްމިން އަދި ގެރީ އެވެ. އެލަވައަށް ބޮޑު ތަރުހީބެއް ިބެމުން އަންނަ އިރު މިއީ ޝްރައްދާ އާއި ވަރުންގެ ދެމެދުގައި ވާދަވެރިކަމެއް ފެނިގެންދާ ލަވައެކެވެ.


ފިލްމުގައި އެ ދެ ފަންނާނުންގެ އިތުރުން ޕްރަބޫދޭވާ އާއި ރާގަވް އާއި ޕުނިތް އަދި ދަރުމޭޝް ފެނިގެންދާނެ އެވެ. ޕްރަބޫދޭވާ އާއި ރާގަވް އާއި ޕުނިތް އަދި ދަރުމޭޝް ވަނީ އޭބީސީޑީގެ ފުރަތަމަ ބައިން އަދި ދެވަނަ ބައިން ވެސް ފެނިފަ އެވެ.

މި ފަންނާނުންގެ އިތުރުން ފިލްމުގައި ދެވަނަ ލީޑު ރޯލަކުން ނޯރާ ފަތޭހީ ވެސް ފެނިގެންދާނެ އެވެ. އަދި ބޮލީވުޑަށް އަލަށް ތައާރަފުވާ ސަކްތީ މޯހަން ވެސް ފެނިގެންދާނެ އެވެ.

ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިލްމަށް "އޭބީސީޑީ 3" ނުކީ ނަމަވެސް އެއީ ޑާންސް ސީރީޒް "އޭބީސީޑީ"ގެ ތިންވަނަ ބައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް