ads
އިންޑިއާ ޓީޗަރު ސަންތޯޝް، މި ޓީޗަރު އެ ސްކޫލުގައި ކިޔަވައިދޭތާ 13 އަހަަރުވެއްޖެ——
ޤުރުއާން ދޮގުކޮށް ދަރިވަރުންނަށް ކްލާސް ނަގައިދިން ޓީޗަރެެއްގެ މައްސަލަ ފެންމަތިވެއްޖެ
ސ. އަތޮޅު ސްކޫލެއްގައި އިންޑިއާ ޓީޗަރަކު ޤުރުއާން ދޮގުކޮށް ދަރިވަރުންނަށް ކްލާސް ނަގައިދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިކަން ހިނގާފައިވަނީ އައްޑޫ ސިޓީ، ހުޅުމީދޫ، "ސ. އަތޮޅު މަދަަރުސާ" ގެ ގްރޭޑް އަށެއް ގެ ޕީއެޗް(ޕީއީ) ގަޑީގައެވެ. 

އެމަދުރާސާގައި ކިޔާވާ ކުއްޖެއްގެ ބެލެނިވެރިއަކު "ސީއެންއެމް"އަށް މައުލޫމާތު ދިން ގޮތުގައި އެކަމެއް ހިނގީ މިދިޔަ އާދިއްތަ ދުވަހުއެވެ. 

ކްލާހުގައި ޤުރުއާން ދޮގުކޮށް ދީނާއި ހިލާފު ވާހަކަ ދެއްކީ ސ. އަތޮޅު މަދަަރުސާ ގައި 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ސީނިއާ ޓީޗަރެއް ކަމަށްވާ ގްރޭޑް އަށެއްގެ ޕީއެޗް ޓީޗަރު ސަންތޯޝިބާ(ސަންތޯޝް) އެވެ. އެ ޓީޗަރު ޤުރުއާން ދޮގުކޮށް ދީނާ ހިލާފު ވާހަކަދައްކާފައިވާކަމަށް ބެލެނިވެރިޔާ ކައިރީ ބުނީ އޭނާގެ ދަރިފުޅެވެ. އޭނާގެ ދަރިފުޅާއި އެހެން ދަރިވަރަކު މެސަޖަކުން ދެއްކި ވާހަކަތަކެއް އެ ބެލެނިވެރިޔާ ވަނީ ހިއްސާކޮށްފައެވެ. އެ ވާހަކަތަކުން ފެންނަ ގޮތުގައި މިތު އަކީ ކޯޗެއްތޯ ދަރިވަރުން އެހުމުން މިތު އަކީ ކަލަކު ކަމުގައި އިސްލާމުދީން ގަބޫލުކުރާ ﷲ ކަމަށް ޓީޗަރު ސަންތޯޝް ބުނެއެވެ. 

އޭނާ ދަރިވަރުންނަށް ކިޔާދީފައިވާ ގޮތުގައި ކަލަކު ވޮޑިގެންވާކަމަށް ގަބޫލުކުރާ ޓެރަރިސްޓުން އެ ދަރިވަރުންވެސް ވަނީ "ބްރެއިން ވޮޝްޑް" ކޮށްފަ އެވެ. އަދި ޤުރުއާނަށް އިޝާރާތްކޮށް ޤުރުއާނަކީ ބަޔަކު ލިޔެފައިވާ ހިޔާލީ ވާހަކައެއްކަމަށް ބުނެ އޭނާ ވަނީ ދަރިވަރުން ކައިރީ ﷲ ވޮޑިގެންވާކަމުގެ ހެކި ދެއްކުމަށް އެދިފައެވެ. އަދި ދަރިވަރުންވެސް ﷲ ވޮޑިގެންވާކަމަށް ގަބޫލުކުރަނީ މައިންބަފައިން އެންމެ ކުޑައިރުންސުރެ އެގޮތަށް ކުދިންލައްވާ ގަބޫލުކުރުވާފައިވާތީ ކަމަށާއި އެކަމަކު އެއީ އަސްލު ތެދު ނޫންކަމަށް ދަރިވަރުންނަށް ކިޔާދީފައެވެ. 

މިމައްސަލަ ފެންމަތިވެގެން ފަހުން އޭނާ ކުލާހަށް އައިސް ދަރިވަރުން ގާތުގައި ބުނެފައިވަނީ އޭނާ އެއްވެސް "އޮފެންސިވް" ވާހަކައެއް ދައްކާފައި ނުވާނެކަމަށާއި، އެެއްވެސް ކުއްޖަކަށް އެކަހަލަ ގޮތަކަށް ވިސްނުނަމަ އޭނާ އަށް މައާފަށް އެދެވިދާނެ ކަމަށެވެ. 

ދަރިވަރުން ބުނާގޮތުގައި އޭނާ ވަނީ ޤުރުއާން އަކީ އުޑުން ބާއްވާލެއްވި އެއްޗެއް ނޫންކަމަށާއި، ޤުރިއާން އަކީ ހަމައެކަނި މީހަކު ލިޔެފައިވާ އެއްޗެއްކަމަށް ބުނެފައެވެ. އެހެންކަމުން މަތިން ބާއްވާލެއްވިއޭ ބުނަނީ އެއީ ދޮގެއްކަމަށްވެސް ޓީޗަރު ބުނެފައިވާ ކަމަށް ދަރިވަރުން ބުނެއެވެ. 

ސީއެންއެމްއާއި ވާހަކަދެއްކި ބެލެނިވެރިއާ ބުނީ އެ ޓީޗަރު އަދިވެސް ސްކޫލަށް ދާ ކަމަށާއި، ދަރިވަރުންނަށް ކްލާސްތައް ނަގައިދެމުންދާ ކަމަށެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެފަދަ މައްސަލައެއް ސ. އަތޮޅު މަދުރުސާއަށް ދަރުވަރެއްގެ ފަރާތުން އިއްޔެ ލިބިފައިވާ ކަމަށާއި، އެ ސްކޫލުން އެމައްސަަލަ ބަލަމުންދާ ކަމަށެވެ. އަދި ސްކޫލުގެ ފަރާތުން އެކަން އެ މިިނިސްޓްރީއަށް އިއްޔެ އަންގާފައިވާކަމަށާއި، އެމައްސަލަ ބަލާ ނިމުމުން އެކަމާއި ގުޅޭ ރިޕޯޓު ސްކޫލުން މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ. އެ ރިޕޯޓު ލިބުމުން އެކަމާއި ގުޅޭ ފިޔަވަޅު އަޅާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

މިފަހަކުން ރާއްޖޭގެ ސްކޫލުތަކުގައި ދީނާއި ހިލާފު ވާހަކަތަކާއި ކުދިން އިސްލާމުދީނާއި ދުރުކުރުމަށް އެކި ފިލާވަޅުތައް ނަގައިދެން މަސައްކަތް ކުރާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. 

ދަރިވަރުންގެ މެދުގައި ދީނީ ގޮތުން ހަރުކަށި ފިކުރު ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިސްލާމް މާއްދާ ކިޔަވައިދޭން ބޭރު ގެ ޓީޗަރުން ގެނައުމަށް އެޑިޔުކޭޝަން މިނިސްޓްރީއާއިއެކު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މެއި ހަވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގުތަށް ދާ ގޮތް އެންމެ ގާތުން ބެލުމަށް އެ މަޖިލީހުން ކަނޑައަޅާފައިވާ "މެއި 6 ކޮމެޓީ"އިން މަޝްވަރާކުރައްވާފައިވާތީ އެކަމާއި ގުޅިގެންވެސް މިނިސްޓްރީއަށް ފާޑުކިޔުންތައް އަމާޒުވިއެވެ. 

އެ ފާޑުކިޔުންތައް އަމާޒުވުމުން އޭރު މިނިސްޓްރީން ބުނީ އެފަދަ މަޝްވަރާއެއް ކުރެވުނު ނަމަވެސް އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. 

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
86%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް